Wednesday 12th Feb 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ސައުދީ އަރަބިއްޔާ

ހިޖުރީ އާ އަހަރުގެ ފުރަތަމަ ދުވަހު ގެފުޅުގެ އުރަކޮޅު ބަދަލުކުރަނީ

ހިޖުރީ އާ އަހަރުގެ ފުރަތަމަ ދުވަހު ( އާދިއްތަ ) ދުވަހު ގެފުޅުގެ އުރަކޮޅު ބަދަލުކުރާނެ ކަމަށް ސައުދީ ސަރުކާރުން ބުނެފިއެވެ.

މިދިޔަ އަހަރުން ފެށިގެން ސައުދީ ސަރުކާރުން ނިންމާފައި އޮތީ ކޮންމެ ހިޖުރީ އާ އަހަރަކާއި ގުޅުވައި ގެފުޅުގެ "ކިސްވާ" ނުވަތަ އުރަކޮޅު ބަދަލުކުރުމަށެވެ. މީގެ ކުރިން ގެފުޅުގެ އުރަކޮޅު ބަދަލު ކުރަނީ ކޮންމެ އަހަރެއްގެ ވެސް ހައްޖު މަހުގެ ނުވަ ވަނަ ދުވަހުއެވެ.

ސައުދީގެ އޮފިޝަލުން ވަނީ ގެފުޅުގެ އުރަކޮޅު ބަދަލު ކުރުމުގައި 159 ޓެކްނީޝަނުންނާއި މާހިރުން ބައިވެރިވާނެ ކަމަށް ބުނެފައެވެ. ގެފުޅުގެ އުރަކޮޅު ތައްޔާރު ކުރަނީ ރަނާއި ރިހީގެ ރޮދިން ވިޔެފައި ހުންނަ އާޔަތްތަކާ އެކު އެންމެ މޮޅު ފަށުވިންނެވެ. އެގޮތުން މިއަހަރު ވެސް ގެފުޅުގެ އުރަކޮޅު ތައްޔާރު ކޮށްފައިވަނީ 1000 ކިލޯގެ ފަށުތްވާއި 120 ކިލޯގެ ރަނާއި 100 ކިލޯގްރާމްގެ ރިހި ބޭނުންކޮށް ގެންނެވެ.

ހިޖުރީ އާ އަހަރުގެ ފުރަތަމަ ދުވަހަކީ މާދަމާއެވެ. އެހެންކަމުން އުރަކޮޅު ބަދަލު ކުރުމުގެ މަސައްކަތް ސައުދީ ސަރުކާރުން މިހާރު ވަނީ ފަށާފައެވެ. ގެފުޅުގެ އާ އުރަކޮޅު ތައްޔާރު ކުރުމުގެ މަސައްކަތް ފަށާފައިވާއިރު، އެ މަސައްކަތުގައި 200 އަށް ވުރެ ގިނަ ސްކިލްޑް ލޭބަރުންގެ އިތުރުން އެޑްމިނިސްޓްރޭޓިވް ސްޓާފުން ވެސް ބައިވެރިވާނެއެވެ. އެ އުރަކޮޅު ތައްޔާރު ކުރެވެނީ ކިންގް އަބްދުލްއަޒީޒް ކޮމްޕްލެކްސްގައެވެ.

ސައުދީގެ ނޫސް އެޖެންސީ އެސްޕީއޭ އިން ބުނާ ގޮތުގައި އެ ކޮމްޕްލެކްސްގައި ދުނިޔޭގެ އެންމެ އުސް ކޮމްޕިއުޓަރައިޒްޑް ފަހާ މެޝިންތަކާއި ޕްރިންޓުކުރުމުގެ އިތުރުން އޮޓޮމެޓިކް އަދި އަތުން ހަދާ ޓެކްސްޓައިލްސް، ޕްރިންޓިން، ބެލްޓް، ގޯލްޑް އެމްބްރޮއިޑަރީ، ވެސް ހިމެނެއެވެ. އަދި އެހީތެރިވާ އެހެނިހެން ޑިވިޝަންތަކުގެ ތެރޭގައި ލެބެއް، އިދާރީ ހިދުމަތްތަކާއި، ކޮލިޓީ އެޝުއަރެންސް، ޕަބްލިކް ރިލޭޝަންސް، އަދި އޮކިއުޕޭޝަނަލް ހެލްތު އެންޑް ސޭފްޓީ ހިމެނެއެވެ.

މި ލިއުމާއި ގުޅޭ