Monday 21st Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ދިވެހި ފުލުހުން

ކަރަންޓް ކެނޑެން މެދުވެރިވި ކޭބަލް ބުރިކޮށްލި މީހާ ހައްޔަރުކޮށްފި

މަޖީދިއްޔާ ސްކޫލް ހިމެނޭ ސަރަހައްދުން ކަރަންޓް ކެނޑެން މެދުވެރިވި ކޭބަލް ބުރިކޮށްލާ އަދި އެއިން ބައެއް ވަގަށް ނެގި މައްސަލައިގައި ފުލުހުން މީހަކު ހައްޔަރު ކޮށްފިއެވެ.

ފުލުހުން ބުނީ ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) ގެ ސަބްސްޓޭޝަނެއްގެ ޓްރާންސްފޯމަރަށް ގުޅާފައިވާ ކޭބަލެއް ބުރިކޮށް ވަގަށް ނެގި މައްސަލައިގެ ތުހުމަތުގައި މީހެއް ހައްޔަރުކޮށްފައިވާ ކަމަށެވެ.

މި މައްސަލައިގައި ހައްޔަރު ކޮށްފައިވަނީ 32 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުނެއެވެ.

މި ކޭބަލް ވަގަށް ނަގާފައިވަނީ މިދިޔަ އަންގާރަ ދުވަހުގެ ފަތިހުއެވެ. މި ކޭބަލް ވަގަށް ނެގުމާ ގުޅިގެން އެދުވަހު މަޖީދިއްޔާ ސްކޫލު ހިމެނޭހެން، ހެންވޭރުގެ އަބަދަށް ފެހި މަގާ، މެދު ޒިޔާރަތް މަގާ، ކަޅު ހުރާ މަގާ އަދި ކަރަންކާމަގުގެ ބައެއް ގެތަކުން ކަރަންޓު ކެނޑިފައި ވެއެވެ.

މާލޭ ސަރަހައްދުގައި ކޭބަލް ވަގަށް ނެގުމުގެ މައްސަލަތައް ދޭތެރެ ދޭތެރެއިން ހިނގައެވެ. އަޟްހާ އީދު ދުވަހާއި ގުޅިގެން މާލޭގައި ދިއްލާފައި ހުރި ބައެއް އީދު ލައިޓުތަކުގެ ކޭބަލްތައްވެސް ވަގަށް ނަގާފައިވެއެވެ.

މި ލިއުމާއި ގުޅޭ