Wednesday 12th Feb 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މިނިސްޓަރ ޝަފީޤް

އިޚުލާސްތެރި މަސައްކަތަކުން ބޮޑު އާމްދަނީއެއް ހޯދޭނެ: ފިނޭންސް މިނިސްޓަރު

އިޚްލާސްތެރިކަމާއެކު މަސައްކަތްކޮށްފި ނަމަ މި ގައުމަށް ބޮޑު އާމްދަނީއެއް ހޯދައިދެވޭނެކަމަށް ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ޝަފީގް މިހެން ވިދާޅުވީ ދައުލަތުގެ އިންޓާނަލް އޮޑިޓް ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

މިނިސްޓަރު ޝަފީގް ވިދާޅުވީ ދިވެހިރާއްޖެއަކީ ތަރައްގީވެފައިވާ 'ސިވިލައިޒްޑް ސޮސައިޓީ'އެއްގައި މީހުން އުޅޭގޮތަށް ހަމަޖެހޭ ދިރިއުޅުމެއް އުޅޭ ބަޔެއްގެ ގޮތުގައި އުޅެން ބޭނުންވާނަމަ މި ގައުމު ހިންގުމަށް ބޭނުންވާ ހަރަދު ބަރަދާއި ބައްދަލުވާވަރުގެ އާމްދަނީއެއް ލިބޭ ގައުމަކަށް ހަދަން ޖެހޭކަމަށެވެ.

"އާމްދަނީ ބޭނުންވާ ވަރަށް ލިބޭތޯ، އޮޑިޓްތައް ވަޒަންކޮށްދޭ އެއް ބަޔަކީ ޕްރޮފެޝަނަލް އެކައުންޓަންޓުން، މިއަށްވުރެ އިޚުލާސްތެރި މަސައްކަތެއްކޮށްދޭނަމަ މިހާރަށްވުރެ ބޮޑު އާމްދަނީއެއް ލިބޭނެ ކަމަށް އަޅުގަނޑު ދެކެނީ" މިނިސްޓަރު ވިދާޅުވިއެވެ.

މީގެއިތުރުން ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ދިވެހި އެކައުންޓަންޓުން އުފެއްދުމަށްޓަކައި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށާއި އެގޮތުން ގިނަ ސްކޮލަރޝިޕްތަކެއް މި ދާއިރާއިން މިހާރުވެސް ހުޅުވާލާފައިވާކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ރާއްޖެއިން ބޭރުގެ ކުންފުނިތަކުގައި ދިވެހި އެކައުންޓަންޓުން މަސައްކަތްކުރާ ދުވަސް ދެކެން ބޭނުންވާކަމަށެވެ.

"ދެކެން ބޭނުންވަނީ ރާއްޖޭގެ އެކައުންޓަންޓުންނަކީ ހަމައެކަނި ރާއްޖޭގައި މަސައްކަތްކުރާ ބައެއްގެ ގޮތުގައި ދެކުމެއް ނޫން، ދެކެން ބޭނުންވަނީ އެ އެކައުންޓަންޓުންގެ ފަރާތުން ބޭރުގެ އެކި މަސައްކަތްތައް ތަޖުރިބާ ހޯދުމަށްވެސް އަދި ރާއްޖެއިން ބޭރުން އާމްދަނީ ހޯދުމަށްވެސް މަސައްކަތްކުރާ ބަޔަކަށްވުން،" ޝަފީގް ވިދާޅުވިއެވެ.

މި ލިއުމާއި ގުޅޭ