އިޒްރޭލުގެ ހަމަލާތަކުގައި ސުންނާފަތިވެފައިވާ ޣައްޒާ އަށް އެލަން މަސްކުގެ ސުޓާލިންކް އިންޓަނެޓްގެ ހިދުމަތް ތައާރަފް ކުރުމަށް އިސްރާއީލާއި އެކީ މަޝްވަރާ ކުރަމުންދާ ކަމަށް އދ އިން ބުނެފިއެވެ.
އދ ގެ އިސް އޮފިޝަލަކު އެޒިއޮން ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވި ގޮތުގައި، އިސްރާއީލް ސަރުކާރުން އެމީހުންގެ ބައެއް ކަންބޮޑުވުންތައް އދ އާ ހިއްސާކޮށްފައިވެއެވެ. މީގެ ތެރޭގައި އިސްރާއީލްގެ އަސްކަރިއްޔާގެ މައިގަނޑު ކަންބޮޑުވުމެއް ހިމެނެއެވެ. އެއީ ޣައްޒާގައި އިންޓަނެޓް ޚިދުމަތް ފޯރުކޮށްދިނުމުން، ހަމާސް ޖަމާޢަތުން އޭގެ ނަހަމަ ބޭނުން ހިފައި، ހަމަލާތައް ރާވަން މެދުވެރިއެއްގެ ގޮތުގައި ބޭނުންކުރުމުގެ ފުރުސަތު އޮތުމެވެ. ނަމަވެސް، އދ އިން މިކަމަށް ހައްލެއް ހޯދައި، އެކަން އިސްރާއީލްގެ އަސްކަރިއްޔާއާ ހިއްސާކޮށްފައިވާ ކަމަށް އެ އޮފިޝަލް ވިދާޅުވިއެވެ.