Wednesday 12th Feb 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޣައްޒާ

ޣައްޒާއާ މެދު ދުނިޔޭގެ އެންމެން ހޭލާ ތިބުމަށް އދ.ގެ ޚާއްޞަ ރެޕަޓުއާ ގޮވާލައްވައިފި

ޣައްޒާގައި ހިނގަމުންދާ އަނިޔާވެރި ޢަމަލުތަކާ ގުޅޭގޮތުން ދުނިޔޭގެ އެންމެން ހޭލާތިބުމަށް އދ. ގެ ޚާއްޞަ ރެޕަޓުއާ ގޮވާލައްވައިފިއެވެ.

އދ ގެ ފަލަސްޠީނާއި ބެހޭ ޚާއްޞަ ރެޕަޓުއާ ފްރަންޗެސްކާ އަލްބަނީސް މިފަދައިން ވިދާޅުވެފައިވަނީ ބުދަ ދުވަހު އެކްސް ގައި ކުރެއްވި ޕޯސްޓެއްގައެވެ.

"ގާޒާގައި ތިބި ފަލަސްޠީނުގެ ރައްޔިތުން އިންސާނުންގެ ގޮތުގައި ނުދެކޭ މިންވަރަށް ދަށްކޮށްލުމުން މެނުވީ، އެއްވެސް ސަރުކާރަކުން ބޮޑެތި އަނިޔާތައް ލިބިފައިވާ ކުޑަކުދިން ސަލާމަތީ ނުރައްކަލެއްގެ ގޮތުގައި ދެކެ، އެކުދިން މަރުވާން ދޫކޮށްނުލާނެ،" އެކަމަނާ ވިދާޅުވިއެވެ.
"ޖަރުމަނުގެ ރައްޔިތުންނޭ، ޔޫރަޕުގެ އަޚުންނާއި އުޚްތުންނޭ، އިންސާނިއްޔަތުގެ އެންމެހާ އަޚުންނާއި އުޚްތުންނޭ - އަޅުގަނޑު އެދެން، ހޭލާތިބުމަށް،" އެކަމަނާ ގޮވާލެއްވިއެވެ.
އެކަމަނާގެ މި ބަސްފުޅުތައް އައިސްފައިވަނީ ޖަރުމަނުގެ ޑޮކްޓަރުން ޣައްޒާއިން 32 ކުޑަކުދިން ސަލާމަތްކުރުމަށް ރޭވި ނަމަވެސް، އެކުދިންގެ ޢާއިލާތަކަށް ވީސާ ދޫކުރުމުގައި ސަލާމަތީ ކަންބޮޑުވުންތަކެއް ހުރި ކަމަށް ބުނެ ސަރުކާރުން މަސްތަކެއް ވަންދެން ލަސްކޮށްފައިވާ ކަމަށް ރިޕޯޓު ކުރެވުނު ފަހުންނެވެ.
އިސްރާއީލުން ވަނީ އދ ގެ ސަލާމަތީ މަޖިލީހުން ވަގުތުން ހަނގުރާމަ ހުއްޓާލުމަށް ގޮވާލާފައިވާ ޤަރާރު އެއްފަރާތްކޮށް، 2023 ވަނަ އަހަރުގެ އޮކްޓޯބަރު 7 ވަނަ ދުވަހު ހަމާސްއިން ދިން ހަމަލާއަށްފަހު ޣައްޒާއަށް ދެމުންގެންދާ އަނިޔާވެރި ހަމަލާތަކާ ގުޅިގެން ބައިނަލްއަޤްވާމީ ފާޑުކިޔުންތަކާ ކުރިމަތިލާންޖެހިފައެވެ.
ފަލަސްޠީނުގެ ސިއްހީ އިދާރާތަކުން ބުނާ ގޮތުގައި މިހާތަނަށް 38,000 އާ ގާތްކުރާ ފަލަސްޠީނުގެ ރައްޔިތުން ވަނީ ޝަހީދުވެފައިވެއެވެ. މީގެ ތެރެއިން ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ. އަދި 87,000 އަށްވުރެ ގިނަ މީހުންނަށް އެކިވެރުގެ އަނިޔާވެފައިވެއެވެ.
އިސްރާއީލުގެ ހަނގުރާމަ ފެށި ތާ 8 މަސް ފާއިތުވެގެން ގޮސްފައިވާއިރު، ގާޒާގެ ބޮޑު ބައެއް ވަނީ ވީރާނާވެފައެވެ. އަދި ކާބޯތަކެއްޗާއި، ސާފު ފެނާއި، ބޭސްފަރުވާގެ ތަކެތި ލިބުން ވަނީ ހުއްޓުމަކަށް އައިސްފައެވެ.
އިސްރާއީލާ ދެކޮޅަށް ބައިނަލްއަޤްވާމީ ޢަދުލުގެ ކޯޓުގައި ނަސްލު ނައްތާލުމުގެ ދަޢުވާ އުފުލިފައިވެއެވެ. އެ ކޯޓުން އެންމެ ފަހުން ނެރުނު އަމުރުގައި ވަނީ ގާޒާގެ ދެކުނުގައިވާ ރަފާ ސިޓީގައި ހިންގަމުންދާ ހަނގުރާމަވެރި ޢަމަލުތައް ވަގުތުން ހުއްޓާލުމަށް އިސްރާއީލަށް އަންގާފައެވެ. ރަފާ ސިޓީއަކީ މޭ 6 ގައި އިސްރާއީލުން އެތަނަށް ވަނުމުގެ ކުރިން، ހަނގުރާމައިން ސަލާމަތްވުމަށް އެއް މިލިއަނަށްވުރެ ގިނަ ފަލަސްޠީނުގެ ރައްޔިތުން ވަދެ ތިބި ތަނެވެ.
މި ލިއުމާއި ގުޅޭ