Monday 17th Mar 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން

ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ)ގެ އޮފީހެއް އައްޑޫ ސިޓީގައި ގާއިމް ކުރުމަށް އެ ސިޓީގެ ކައުންސިލާއި މަޝްވަރާ ކުރަމުންދާ ކަމަށް އެންސްޕާގެ ސީއީއޯ ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

ހީނާ މިހެން ވިދާޅުވީ ދައުލަތުގެ މީޑިޔާ ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެންސްޕާގެ ދަފްތަރުގައި އެންމެ ގިނައިން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ރަޖިސްޓަރވެފައިވާ އެއް ސަރަޙައްދަކީ އައްޑޫ ސިޓީއެވެ. އެހެންކަމުން އެއިދާރާގެ ޚިދުމަތް އެންމެ އެކަށީގެންވާ ގޮތުގައި ފޯރުކޮށްދިނުމަށް އެސިޓީގައި އެންސްޕާ އޮފީހެއް ޤާއިމުކުރުމަށް މަސައްކަތްކުރަމުންދާކަމަށް ހީނާ ވިދާޅުވިއެވެ.

އޭގެ އިތުރަށް ހީނާ ވިދާޅުވީ އައްޑޫ ސިޓީގައި އެ އެޖެންސީގެ އޮފީސް ޤާއިމުކުރުމަށް މަސައްކަތްކުރާނެ ތަނެއްގެ އިތުރުން އެކަމަށް ބޭނުންވާ މުވައްޒަފުން ތަމްރީނުކޮށް ދާއިމީ މުވައްޒަފުން ހޯދަންޖެހޭނެކަމަށާއި އެކަމަށް ތައްޔާރުވުމަށް އައްޑޫ ސިޓީ ކައުންސިލާއެކު ފުރަތަމަ ބައްދަލުވުން ބާއްވާފައިވާކަމަށެވެ.

މީގެ އިތުރުން ހީނާ ވިދާޅުވީ އެ ސިޓީގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި ގިނަ މީހުން ހިމެނޭ ސަރަޙައްދުތަކުގައި އެންސްޕާގެ ޚިދުމަތް ފުޅާކުރުމުގެ މަސައްކަތް ކުރާނެކަމަށެވެ.

އެންސްޕާ އަކީ ސަރުކާރުގެ ފަރާތުން އެހީއަށް ބޭނުންވާ ފަރާތްތަކަށް މާލީ އެހީތެރިކަން އަދި ސިއްޙީ ފަރުވާއާއި ގުޅިގެން ހޯދަންޖެހޭ އެކި ވަޞީލަތްތައް ހޯދައިދިނުމަށް މަސައްކަތްކުރާ މައި އިދާރާއެވެ. މި އިދާރާގެ ދަށުން ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރެއް އެކުލަވާލާ އެފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ.

މި ލިއުމާއި ގުޅޭ