Sunday 20th Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ދިވެހި ފުލުހުން

ނިޔާވާ ގައިދީން މީގެފަހުން އާއިލާއާއި ހަވާލުކުރެވޭނީ ޕޯސްޓްމޯޓަމް ހެއްދުމަށްފަހު: މިނިސްޓަރ އިހްސާން

މޯލްޑިވްސް ޕޮލިސް ސަރވިސް ނުވަތަ މޯލްޑިވްސް ކަރެކްޝަންގެ ބެލުމުގެ ދަށުގައި ހުރި ގައިދީއެއް ކުރިއަށް އޮތް ތަނުގައި ނިޔާވެއްޖެނަމަ, އާއިލާއާއި ހަވާލުކުރެވޭނީ މައްޔިތާގެ ޕޯސްޓްމޯޓަމް ހެއްދުމަށް ފަހުގައި ކަމުގައި މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

ޖަލުގައި އިއްޔެގެ ހެންދުނުގެ ވަގުތެއްގައި ނިޔާވި ށ. ފުނަދޫ ޒަމާނީ ވިލާ މުޙައްމަދު ޖަމީލްގެ މަރާއި ބެހޭގޮތުން މީޑީއާއާއި މަޢުލޫމާތުދެއްވުމަށް ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރ ވިދާޅުވީ ކުރިއަށް އޮތްތަނުގައި މިފަދަ މައްސަލަތަކުގައި ކަންކުރާގޮތް ބަދަލުކުރަން ނިންމާފައިވާކަމަށާއި އެގޮތުން ފުލުހުން ނުވަތަ ކަރެކްޝަނަލްގެ ބެލުމުގެ ދަށުން މައްޔިތާގެ ހަށިގަނޑު ދޫކުރެވޭނީ ޕޯސްޓްމޯޓަމް ހެއްދުމަށްފަހު ކަމުގައެވެ. އަދި މިގޮތަށް އުސޫލު ބަދަލުކުރަން ނިންމާފައިވަނީ ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި ގައިދީއަކު ނިޔާވުމުން މުވައްސަސާތަކުން ފުރިހަމައަށް ޖަވާބުދާރީވުމަށް މަޢުލޫމާތު ލިބުމުން ކަމުގައެވެ.

އަދި މީގެފަހުން ކޮންމެ ޤައިދީއެއްގެ ހާލު ގަޑިއަކު އެއްފަހަރު ބަލަމުންދާނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. މީގެ ކުރިން ޢަމަލުކުރަމުން އައި އުސޫލަކީ ޤައިދީއަކު ނަމާދަށް ހުރި ކަމުގައި ވާނަމަ ޖަލު ބަލަހައްޓާ އޮފިސަރުން ގޮޅިއަށް ނުވަންނަކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ. ނަމަވެސް މުޙައްމަދު ޖަމީލުގެ މަރުގެ ހާދިސާ ހިނގާފައިވާގޮތުން އުސޫލު ބަދަލުކުރަންޖެހޭކަމަށް މިނިސްޓްރީން ނިންމާފައިވާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރުގެ ވާހަކަފުޅުގައި ޖަމީލު ނިޔާވި ހާދިސާ ބައް ފަރާތްތަކުން ސިޔާސީ ބޭނުމަށް ބޭނުންކުރަމުންދާތީ އެކަމާ

ހިތާމާއާއި އެކު ދަންނަވަންޖެހެނީ މީހެއްގެ ފުރާނަ ގޮސްގެން މިފަދަހާލަތެއްގަވެސް އަޅުގަނޑުމެން މިފަދަ ކަންތައްތައްވެސް ސިޔާސީ ކަންތައްތަކެއްގެ ގޮތުގައި ދެކި، މިފަދަ ގޮތަކަށް މިވާހަކަތައް ދެކެވޭތީ. އެމީހާގެ ހަށިގަނޑު އަދި ފުރާނައަށްވެސް އަޅުގަނޑުމެން އެރެސްޕެކްޓް މުޖުތަމަޢެއްގެ ގޮތުގައ ދޭން ޖެހޭ.
މިނިސްޓަރ އަލީ އިހުސާން

ޖަމީލްގެ ހަށިގަނޑު ފުރަތަމަ އާއިލާއާއި ހަވާލުކުރީ ޕޯސްޓްމޯޓަމް ހައްދަންޖެހޭ ހާލަތެއް ނޫންކަމަށް ކަމާބެހޭ ފަރާތްތަކުން ނިންމުމުންނެވެ. ނަމަވެސް މީޑިއާގައި އެކި ފަރާތްތަކުން ޖަމީލަށް އަނިޔާދީ މަރާލާފައިވާކަމަށް ބުނަން ފެށުމުން ހަށިގަނޑު ޕޯސްޓްމޯޓަމް ހަދަންޖެހޭ ހާލަތު އައިކަމަށް ބަލައި, އާއިލާގެ ކިބައިން އެކަމުގެ ހުއްދައަށް އެދުނުކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ނަމަވެސް އާއިލާއިން އެގޮތް ބޭނޫންނުވީކަމުގައި މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.

މި ލިއުމާއި ގުޅޭ