ކްރެޑިޓް ރޭޓިން ހަދާ ބައިނަލްއަޤުވާމީ އެޖެންސީ "މޫޑީސް" އިން ދިވެހިރާއްޖެއަށް ދީފައިވާ ކްރެޑިޓް ރޭޓިންއަށް ބަދަލު ނުގެނެސް އެއްވަރެއްގައި ބަހައްޓަން ނިންމައިފިއެވެ.
މޫޑީސްއިން މިއަދު ނެރުނު ރިޕޯޓުގައި ރާއްޖެއަށް އެންމެ ފަހުންވެސް ރާއްޖެއަށް ދީފައިވާ ކްރެޑިޓް ރޭޓިން ކަމަށްވާ "ސީއޭއޭ-1" ގައި ރޭޓިން ދަމަހައްޓަން ރަނގަޅުކަށް ނިންމާފައިވާކަން ވަނީ ހާމަކޮށްފައެވެ. މިރޭޓިންއަށް ބަދަލު ނުގެންނަން މޫޑީސްއިން ނިންމާފައިވަނީ މިމަހުގެ 20 ވަނަ ދުވަހު ބޭއްވުނު މޫޑީސްގެ ރިވިއު ކޮމިޓީގެ ބައްދަލުވުމުގައެވެ.
މޫޑީސްއިން ރާއްޖޭގެ ކްރެޑިޓް ރޭޓިން ބީ-3ގެ ދަރަޖައިން ސީއޭއީ-1 ގެ ދަރަޖައަށް ތިރިކޮށްފައިވަނީ 2021 ވަނަ އަހަރުގެ އޯގަސްޓްމަހުގައެވެ.
މޫޑީސް އިން ނެރުނު ރިޕޯޓުގައި ރާއްޖޭގެ އިގްތިސާދީ ޕޮލިސީތަކަށް ސަރުކާރުން ގެނެސްފައިވާ ރަނގަޅު ބަދަލުތައް ފާހަގަކޮށްފައިވެއެވެ. އަދި ރާއްޖޭގެ އިގްތިސާދު ކުރިއަރަމުންދާ ރަނގަޅު ދުވެއްޔާއި ދުވަހެއް ދުވަހަކަށް ފުޅާވަމުންދާ ފަތުރުވެރިކަމުގެ ސިނާޢަތުގެ މައްޗަށް ރާއްޖޭގެ އިގްތިސާދު ބަރޯސާވާ މިންވަރަށް ރިޢާޔަތްކޮށްފައިވެއެވެ.
ރާއްޖޭގެ އިގްތިސާދީ ހާލަތު ރަނގަޅުކުރުމަށްޓަކައި ތަންފީޒުކުރުމަށް މިދިޔަ ހަފްތާގައި ވަޒީރުންގެ މަޖިލީހުން ފާސްކޮށްފައިވާ ޕޮލިސީތަކާއި މޫޑީސްގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ޕޮލިސީތަކާއި އެއްގޮތްކަން ފާހަގަކޮށްލެވެއެވެ.
މޫޑީސްގެ ރިޕޯޓާއި ގުޅިގެން މިނިސްޓްރީ އޮފް ފިނޭންސްއިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ސަރުކާރުން ރާއްޖޭގެ އިގްތިސާދު ރަނގަޅުކުރުމަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅާނެކަމަށާއި ރާއްޖެއިން ރާއްޖެއިން ދައްކަންޖެހޭ ލޯންތަކަށް އެއްބަސްވެފައިވާ އުސޫލުން ފައިސާ ދައްކާނެކަމަށެވެ. އަދި މިހާރު އަޅަމުންދާ ފިޔަވަޅުތަކުގެ ސަބަބުން ކުރިއަށް އޮތްތަނުގައި ދުނިޔޭގެ މާލީ އިދާރާތަކުން ރާއްޖޭގެ ކްރެޑިޓް ރޭޓިން މަތިކުރާނެކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.