Saturday 15th Feb 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޣައްޒާ

ޣައްޒާގައި ދުވާލެއްގެ މައްޗަށް 10 ކުއްޖެއްގެ އެއްފައި ނުވަތަ ދެފައި ގެއްލޭ: އދ

ޣައްޒާގައި ދުވާލެއްގެ މައްޗަށް 10 ކުއްޖެއްގެ އެއް ފައި ނުވަތަ ދެފައި ގެއްލޭ: އދ އިން ބުނެފިއެވެ.

ފަލަސްތީނަށް އެހީވާ އދ.ގެ ގޮފި ޔުނިއިޓެޑް ނޭޝަނަސް ރިލީސް އެންޑް ވޯކްސް އެޖެންސީ ފޯ ފަލަސްތީން ރެފިއުޖީސް (ޔޫއެންއާރްޑަބްލިވްއޭ)އިން އިއްޔެ ބުނީ ޣައްޒާއަށް ހިންގަމުންދާ ގަތުލު އާންމުގެ ސަބަބުން އެތައް ބައެއްގެ ފުރާނައަށް ނުރައްކާ ބޮޑުވެފައިވާއިރު، ދުވާލެއްގެ މައްޗަށް 10 ކުއްޖެއްގެ އެއް ފައި ނުވަތަ ދެފައި ގެއްލޭ ކަަމަށެވެ.

"އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް 10 ކުއްޖެއްގެ އެއް ފައި ނުވަތަ ދެ ފައި ގެއްލޭ. މިއިން އެނގެނީ ޣައްޒާގައި ކުޑަކުދިންނަށް ކުރިމަތިވެފައިވާ ހާލަތު،" ޖެނީވާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ލަޒާރިނީ ވިދާޅުވިއެވެ.

ލަޒާރިނީ ވިދާޅުވެފައިވާގޮތުގައި މިހާތަނަށް ގާތްގަނޑަކަށް 4،000 ކުދިން ގެއްލުނު ކަމުގެ ރިޕޯޓް ލިބިފައި ވެއެވެ. އަދި 9 މަސް ދުވަހުގެ މި ނުރައްކަލުގެ ހާލަތުގައި މިހާތަނަށް 14،000 ކުޑަކުދިން ޝަޙިދުވެފައިވާ ކަމަށް ރިޕޯޓުތަކުން ދައްކާ ކަަމަށްވެސް ވިދާޅުވިއެވެ.

ޣައްޒާގައި މިފަހަކުން ގަތުލު އާންމު ހިންގަން ފެށީ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވެހެވެ. އޭގެ ފަހުން މިހާތަނަށް ޔޫއެންއާރްޑަބްލިއުއޭގެ 190 އެއްހާ ތަންތަނަށް ގެއްލުން ދީ ނުވަތަ ހަަމަލާ އަމަޒުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވެފައިވާއިރު، އެއީ ޣައްޒާގައި ހުންނަ އެ އެޖެންސީގެ ދެބައިކުޅަ އެއްބައި ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ އިތުރަށް ފާހަގަކުރެއްވިގޮތުގައި ޣައްްޒާގެ އާބާދީގެ %90 އަށްވުރެ ގިނަ މީހުން ދަނީ ބަނޑުހައިހޫނުކަން ތަހައްމަލު ކުރަމުންނެވެ. އަދި އެތަނުގައި ކޮންމެ ފަސް މީހަކުން އެކަކު އުޅެނީ ބަނޑުހައިހޫނުކަމުގެ ސަބަބުން ކުރިމަތިވާ ނުރައްކާތެރި ހާލަތްތަކުގައި ކަމަށާއި، މިލިއަނަކަށް ވުރެ ގިނަ މީހުން ދިރިއުޅެމުން ދަނީ ކާރިސާގެ ނުރައްކާ ވަރަށް ބޮޑަށް އޮތް ނާޒުކު ހާލަތެއްގައި ކަމަށްވެސް ވިދާޅުވިއެވެ.

އޭނާ ވަނީ މިފަދަ ޢަމަލުތަކަކީ ބައިނަލްއަޤްވާމީ އިންސާނީ ގާނޫނާއި ހިލާފު އަމަލުތަކެއް ކަން ފާހަގަކުރައްވާފައެވެ.

މި ލިއުމާއި ގުޅޭ