ކުރީގެ ރައީސް ނަޝީދު އެމްޑީޕީގެ 19 ވަނަ އަހަރީ ދުވަހުގެ މުނާސަބާގައި އެ ޕާޓީގެ މެންބަރުންނާއި ސަޕޯޓަރުންނަށް ތަހުނިޔާ ވިދާޅުވީ އެކްސްގައި ރޭ ކުރެއްވި ޕޯސްޓެއްގައެވެ.
ޕާޓީގެ އޮނިގަނޑު ރޭވިފައިވަނީ އެ ހަމައަށް ކަމަށާއި އަދިވެސް އެނބުރެެންވީ އެ މިސްރާބަށް ކަމަށް ސިޔާސީ ދާއިރާއިން ވަގުތީ ގޮތުން މިވަގުތު ދުރަށްޖެހިވަޑައިގެން ހުންނެވި ނަޝީދު ވިދާޅުވިއެވެ.
ނަޝީދު އެމްޑީޕީއިން ވަކިވެވަޑައިގަތުމުގެ ކުރިން މިދިޔަ ދައުރުގެ މެދުތެރެއިން ފެށިގެން އެ ޕާޓީ އޮތީ ދެބައިވެފައެވެ. ޕާޓީގައި ހައިޖާނު ބޮޑުވެ ދެބައިވީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއާ ހިސާބުންނެވެ. ޕްރައިމަރީއިން ފެއިލްވުމާއެކު ތާއީދުކުރައްވާ ބޭފުޅުންނާއެކު ނަޝީދު ''ފިކުރެއްގެ ދިރުން“ ގެ ނަމުގައި ފެކްޝަނެއް ހެއްދެވިއެވެ. އެއަށްފަހު އެމްޑީޕީގައި ހުންނަވައި ''ދަ ޑިމޮކްރެޓްސް'' އުފެއްދެވުމުގެ މަސައްކަތް ފެށްޓެވިއެވެ.