ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ ކުޅުންތެރިޔާ މުޙައްމަދު ޢާރިފް (ބަކާ) ގެ މައްޗަށް ކުރެވޭ ކަށުނަމާދު މިރޭ ފަތިސްނަމާދަށްފަހު އިސްލާމީ މަރުކަޒުގައި ބާއްވަން ނިންމައިފިއެވެ.
ހައްޖުގެ އަޅުކަން އަދާކުރުމަށްފަހު މީގެ ދެ ދުވަސް ކުރިން ރާއްޖެ އައި ތަނުން ހާލު ސީރިއަސްވެ އޭޑީކޭގެ އައިސީޔޫގައި ފަރުވާދެމުން ދަނިކޮށް މިއަދު ހަވީރު ނިޔާވި ބަކާގެ ޖަނާޒާ ބާއްވަން ކުރިން ނިންމާފައި އޮތީ ހުޅުމާލެ ސަހަރާ މިސްކިތުގައެވެ.
މީގެ އިރުކޮޅެއް ކުރިން އިސްލާމިކް މިނިސްޓަރު ޑރ.މުޙައްމަދު ޝަހީމް ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ''ކުޅުންތެރިޔާ ބަކާގެ ކަށު ނަމާދު އިސްލާމީ މަރުކަޒުގެ ބާއްވާގޮތަށް އިންތިޒާމުގެ މަސައްކަތް ކުރިއަށް އެބަދޭ'' ކަމަށެވެ.
ބަކާ ވަޅުލަން ނިންމާފައިވަނީ ގަލޮޅު ސަހަރާގައެވެ.
ބަކާ ނިޔާވީ ރާއްޖެއިން އަލަށް ފެނުނު ނުރައްކާތެރި ބައްޔެއް ކަމަށްވާ އިންވޭސިވް މެނިންގޯކޮކަލް ބަލީގައެވެ.