Wednesday 12th Feb 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައީސް ޔާމީން

އެމްޑީޕީއަކީ މުއްދަތު ހަމަވެފައިވާ ފޯސްއެއް: ރައީސް ޔާމީން

އެމްޑީޕީއަކީ މިހާރު މުއްދަތު ހަމަވެފައިވާ "އެކްޕްޔަރޑް ފޯސް" އެއްކަމަށް ކުރީގެ ރައީސް ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

ރޭގައި ބޭއްވި ޕީޕަލްސް ނެޝަނަލް ފްރޮންޓުގެ ފްރޮންޓް އޮފީސް ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ޔާމީން ވަނީ އެމްޑީޕީއަކީ މިހާރު ރާއްޖޭގައި އޮތް ޕާޓީއެއްތޯ ސުވާލުކުރައްވައި މުޅި ޤައުމުގެ އަޚްލާޤު ހަލާކުކޮށްލީ އެމްޑީޕީން ކަމަށާއި އެއްވެ އުޅުމުގެ މިނިވަންކަން ހޯދަދޭނަމޭ ބުނެ ސިފައިންނާއި ފުލުހުން މަގުމައްޗަށް ނެރެ ރައްޔިތުން ހަނާކޮށްލީވެސް އެމްޑީޕީން ކަމަށް ވިދާޅުވެފައެވެ.

ނޫސްވެރިއަކު އެމްޑީޕީއަށް ތާއީދުކޮށްފާނަންތޯ ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނުގެ ޕާޓީކަމުގައިވާ ޕީއެންއެފްއިން އެއްގޮތަކަށްވެސް އެމްޑީޕީއަށް ތާއީދުނުކުރައްވާނެ ކަމަށެވެ. އަދި އެމަނިކުފާނާއި އެމަނިކުފާނަށް ތާއީދުކުރާ ފަރާތްތަކަކީ އެމްޑީޕީ ފިކުރުގެ ބައެއް ނޫންކަމަށާއި އެމްޑީޕީން އެމަނިކުފާނާއިމެދު ކަންތައް ކުރިގޮތް ހަނދުމަފުޅުހުރި ކަމަށް ވިދާޅުވިއެވެ.

އެގޮތުން އެމްޑީޕީގެ ވެރިކަމުގައި ރައީސް ޔާމީން ހުރަގޭގައި ބަންދުކޮށްގެން ގެންގުޅުނުކަމާއި އިންތިޚާބަށް ކުރިމަތިލުމުގެ ހައްޤުން މަހުރޫމުކޮށްފައިވާކަން ފާހަގަކުރެއްވިއެވެ.

މި ލިއުމާއި ގުޅޭ