Thursday 25th Jul 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އެމްޑީޕީ

މަސްވެރިންގެ ޙައްޤުގައި ކުއްލި މައްސަލައެއް ލާނެ ކަމަށް ބުނެ އެމްޑީޕީ މެންބަރުން ފިއްލަވައިފި

މަސްވެރިންގެ ހައްޤުގައި ކުއްލި މައްސަލައެއް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ހުށަހަޅުއްވާނެކަމަށް ބުނުމަށްފަހު އެމްޑީޕީ މެންބަރުން ފިއްލަވައިފިއެވެ.

މިހާރު ފެށިގެން ކުރިއަށްދާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 5 ވަނަ ޖަލްސާއަށް ކުއްލި މައްސަލައެއް ހުށަހެޅުއްވުމަށް ނޯޓިސް ދެއްވީ މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީއެވެ. ނަމަވެސް ޖަލްސާގެ އެޖެންޑާގެ ފުރަތަމަ ނަންބަރުކަމުގައިވާ ކުއްލި މައްސަލަ ހުށަހެޅުމަށް މެންބަރު ޖަލްސާއަށް ހާޒިރުވެފައިނުވާތީވެ މައްސަލަ ކުރިއަށް ގެންދެވޭނެ ގޮތް ވަނީ ނުވެފައެވެ.

އަދި މީގެ އިތުރުން މަސްވެރިންގެ ހައްޤުގައި ކުރަން ޖެހުނު ކޮންމެ ކަމެއް ކުރާނެކަމަށް ވިދާޅުވެފައިވާ އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ ކެންދޫ ދާއިރާގެ މެންބަރ މައުރޫފް ޒާކިރު ވެސް މިއަދުގެ މަޖިލިސް ޖަލްސާ ފެށުނުއިރު ހާޒިރުވެވަޑައިގެންފައެއް ނުވެއެވެ.

އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މައުރޫފު ޒާކިރު ވިދާޅުވީ އެމްޑީޕީން ތިބީ މަސްވެރިންނާއިއެކު ހައްގު ހޯދާދިނުމަށް ކުރަން ޖެހޭ ހުރިހާ ކަމެއް ކުރުމަށް ތައްޔާރުގައިކަމަށެވެ. އަދި މީގެ އިތުރުން މައުރޫފު ވަނީ އެމްޑީޕީގެ ސަރުކާރުން ކޮށްފައިވާ ފަދައިން މިސަރުކާރުން ވެސް ފައިސާ ޗާޕުކުރުމަށް ގޮވާލައްވާފައެވެ.

މަސްވެރިންގެ ޙައްޤުގައި ވަކާލާތުކުރާނެކަމަށް އެމްޑީޕީން ބުނާ ބުނުމާއި އެ ޕާޓީގެ މަޖިލިސް މެންބަރުންގެ ޢަމަލުތައް ދިމާނުވުމަކީ ހައިރާންވާންޖެހޭ ކަމެއް ނޫނެވެ. އެމްޑީޕީއަކީ ބަހާއި ޢަމަލާއި ދިމާނުވާ ޕާޓީއެއްކަމީ ދިވެހިރައްޔިތުންނަށް އައުކަމެއްވެސް ނޫނެވެ.

މި ލިއުމާއި ގުޅޭ