ފޯ ސީޒަންގެ އެޕްރަންޓިސްޝިޕް ޕްރޮގްރާމް ނިންމާލައިފިއެވެ.
މި އެޕްރަންޓިސްޝިޕް ޕްރޮގްރާމުން 49 ދަރިވަރުން ދަސްވެނިވިފައިވާ އިރު އެ ދަރިވަރުންނަށް ސެޓްފިކެޓް ހަވާލުކޮށްފައިވަނީ މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) ގެ އޮޑިޓޯރިއަމްގައިކުރިއަށް ގެންދިޔަ ރަސްމިއްޔާތެއްގައެވެ.
މި ޕްރޮގްރާމްގައި 34 ރަށަކުންނާއި 15 އަތޮޅުން 229 ދަރިވަރުން ބައިވެރިވެގެން އަހަރު ދުވަހަށް ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް ފުރިހަމަކުރި 12 ދަރިވަރުން ފްރޮންޓް އޮފީސް އަދި އިންޖިނިއަރިންގެ ދާއިރާއިން ތަމްރީނު ހެދުމަށް ފޯ ސީޒަންސް އަށް ފުރުމަށް ހަމަޖެހިފައިވެއެވެ.
މި އެޕްރެންޓިސްޝިޕް ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ ފޯ ސީޒަން ކުޑަ ހުރައާއި ފޯ ސީޒަން ލަނޑާ ގިރާވަރުގައެވެ.