ޓެކްނިކަލް މައްސަލައެއް ދިމާވެ މޯލްޑިވިއަންގެ ބޯޓެއް އެނބުރި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވިއައިއޭ) އަށް ޖައްސައިފިއެވެ.
އަނބުރާ ވީއައިއޭ އަށް ޖައްސާފައިވަނީ އިންޑިޔާއަށް ދިއުމަށް ފުރި ބޯޓެކެވެ. އެއީ މޯލްޑިވިއަންގެ އެއާބަސް A320 އެވެ. އެއީ ފްލައިޓު Q2700 ގައި އިންޑިއާގެ ޓްރިވެންޑްރަމަށް ދަތުރުކުރި ފްލައިޓެކެވެ.
މިކަމާ ގުޅިގެން މޯލްޑިވިއަނުން ބުނެފައިވަނީ ޓެކްނިކަލް މައްސަލައެއް ދިމާވެގެން މި ބޯޓު އަނބުރާ ވީއައިއޭއަށް ޖައްސާފައިވާއިވާ ކަމަށާއި މިފަދަ ދަނޑިވަޅުތަކުގައި ދަތުރުވެރިން ދޭ އެއްބާރުލުމަށް ޝުކުރު އަދާކުރާ ކަމަށެވެ.
އަދި އިތުރަށް ބުނީ ފްލައިޓަށް ދިމާވި މައްސަލަ ދެނެގަނެވުމުން, އިތުރު ތަފްސީލު ރަސްމީކޮށް މީޑިއާއާ ހިއްސާ ކުރާނެ ކަމަށެވެ.