ފުލުހެއްގެ ގައިގައި ކާރަކުން ޖެއްސުމަށްފަހު ފިލައިގެން އުޅެނިކޮށް ހައްޔަރުކުރި ދެމީހުންގެ ތެރެއިން އެކަކުގެ ބަންދަށް 10 ދުވަސް ޖަހައިފިއެވެ.
އެގޮތުން ފުލުސް އޮފިސަރުގެ ގައިގައި ކާރުން ޖެއްސުމަށްފަހު ފިލައިގެން އުޅެނިކޮށް ފުރަތަމަ ހައްޔަރުކުރީ އެކަކެވެ.
މި މައްސަލާގައި އޭނާ ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ވަނީ 15 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް އަމުރުކޮށްފައެވެ.
ފިލައިގެން އުޅެނިކޮށް ދެވަނަ މީހާ ހައްޔަރުކުރީ އިއްޔެ ހަވީރުގެ ވަގުތެއްގައެވެ.
ފުލުހުން މިއަދު ބުނީ ފަހުން ހައްޔަރު ކުރި މީހާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އޭނާ 10 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާކަމަށެވެ.