Monday 21st Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މިފްކޯ

އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގެ އޮޕަރޭޝަން ވަގުތީގޮތުން މެދުކަނޑާލައިފި

އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގެ އޮޕަރޭޝަން ވަގުތީގޮތުން މެދުކަނޑާލައިފިއެވެ.

މިއަދު ހަވީރު 4 ގެ ފަހުން އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގެ މުވައްޒަފުން ނެރެ އޮޑިވެރިންނާއި މަސްވެރިންގެ ބެލުމުގެ ދަށަށް ސައިޓް ގެންނާނެކަމުގެ އިންޒާރު ދީފައިވާ ކަމަށާއި އެ ކޮމްޕްލެކްސް ކައިރީގައި ފުލުހުން ހަރަކާތްތެރިވީ ނަމަވެސް މުޒާހަރާއަށް އެއްވެސް ހުރަހެއް އެޅުމަށް ނިންމާފައިނުވާ ކަމަށް މިފްކޯއިން ބުނެއެވެ.

އަދި އިތުރަށް މިފްކޯއިން ބުނީ މުޒާހަރާ ކުރިއަށްދާނަމަ އޮޕަރޭޝަން ކުރިއަށް ގެންދަން ކުންފުންޏަށް ދަތިވުމުގެ ސަބަބުން އޮޕަރޭޝަން އަލުން ފަށާނެ ވަގުތެއް ބުނަން ދަތި ކަމަށެވެ.

މިފްކޯއިން ހާމަކުރާ ގޮތުގައި އީދު ބަންދަށް މިފްކޯ އިން މަސްވެރިންނަށް 46 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށާއި ސަރުކާރު ހުޅުވޭ ހަފްތާގައި ދައްކަންޖެހޭ ފައިސާ ދެއްކުމަށް ހެދޭނެ ގޮތްތައް ބަލާ، ސަރުކާރާއެކު މަޝްވަރާކޮށްގެން ގޮތެއް ހޯދާނެ ކަމަށް މިފްކޯ އިން ކުރިން ވެސް ބުނެފައިވާނެ ކަމަށް ބުނެއެވެ.

މަސްވެރިން އެދެމުންދަނީ ދައްކަން ހުރި ފައިސާތައް ވީ އެންމެން އަވަސް މުއްދަތެއްގެ ތެރޭގައި ދެއްކުމުގެ އިތުރުން އެކޮމަންޑޭޝަން، އެޑްމިން ބިލްޑިންގް އަދި ކެފެޓީރިއާގެ ކަރަންޓު ކަނޑާފައި ބެހެއްޓުން ކަމަށް މިފްކޯއިން ބުނެއެވެ.

މި ލިއުމާއި ގުޅޭ