Thursday 25th Jul 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އެމްޕީއެލް

ތިލަފުށީ ކޮމާޝަލް ހާބަރާއި ގުޅޭ މަޝްވަރާތައް ތިން ކުންފުންޏަކާއެކު ކުރިއަށް އެބަދޭ: އެމްޕީއެލް

ތިލަފުއްޓަށް ކޮމާޝަލް ހާބަރު ބަދަލުކޮށް އެ ތަން ހިންގުން ހަވާލު ކުރާނެ ބަޔަކު އަދި ނުނިންމާ ކަމަށާއި ނަމަވެސް ބަނދަރު މަސައްކަތާއި ގުޅިގެން ބޭރުގެ ތިން ކުންފުންޏަކާ އެކު މަޝްވަރާ ކުރަމުން އަންނަ ކަމަށް އެމްޕީއެލްއިން ބުނެފިއެވެ.

އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހު އިބްރާހިމް ވިދާޅުވީ މިކަމާއި ގުޅިގެން އެ ކުންފުނިން މިހާރު މަޝްވަރާތައް ކުރަނީ ޗައިނާގެ ޗައިނާ ހާބާ އިންޖިނިއަރިން ކުންފުންޏާއި ޔޫއޭއީގެ ދުބާއީ ޕޯޓު ވޯލްޑާއި ފިލިޕިންސްގެ އިންޓަނޭޝަނަލް ކޮންޓެއިނާ ޓާމިނަލް ސާވިސަސް (އައިސީޓީއެސް) އާ އެކުއެވެ.

ވަޖީހު ވިދާޅުވީ އެ ކުންފުނިތަކާ ހަވާލު ކުރަނީ އެއާޕޯޓު ހެދުމުގެ މަސައްކަތްކަމަށާއި ބަނދަރު ހިންގާނީ އެމްޕީއެލް އިންކަމަށެވެ. އަދި ހިންގުމަށް އެއްވެސް ބަޔަކާ ހަވާލުކުރުމަށް މަޝްވަރާތަކެއް ނުކުރާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އަދި އަމާޒަކީ ބަނދަރު ހަދާނެ ކުންފުނި އަންނަ މަހު ކަނޑައަޅައި ސޮއި ކުރުން ކަމަށާއި އެކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރާ ޕާޓީތަކުން އެ ބަޔަކު ބޭނުންވާ ޝަރުތުތައް ހުށަހަޅަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މި ލިއުމާއި ގުޅޭ