Wednesday 14th May 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާ

މަޝްރޫއުތަކާއި ގުޅޭ މައުލޫމާތު ހޯދަން ފަސޭހަ ގޮތްތަކެއް އިންތިޒާމް ކޮށްފި

މަޝްރޫއުތަކާއި ގުޅޭ މައުލޫމާތު ހޯދަން ކައުންސިލްތަކަށް ފަސޭހަ ގޮތްތަކެއް އިންތިޒާމް ކޮށްފައިވާ ކަމަށް ސިޓީސް، ލޯކަލް ގަވަމެންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިފަދައިން މިފަދައިން ވިދާޅުވީ ދައުލަތުގެ މީޑިޔާ ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގައެވެ. މިނިސްޓަރު ވިދާޅުވީ ރަށްރަށުގައި ހިންގާ މަޝްރޫޢުތައް ހިނގާނުހިނގާގޮތް ބެލުމަށް ކައުންސިލްތަކުން މުޢާމަލާތްކުރުމަށް ފަސޭހަކުރުމަށް، ހުރިހާ ވުޒާރާތަކާ ކުންފުނިތަކުން ފޯކަލް ޕޮއިންޓުން ހަމަޖައްސާފައިވާކަމަށެވެ.

ރަށްރަށުގައި ހިންގާ މަޝްރުޢޫތަކުގެ މަސައްކަތްތައް ކުރިއަށްދާގޮތް އޮޅުންފިލުވުމުގައި ކައުންސިލްތަކަށް ދަތިތަކެއް ހުރިކަމަށާއި އޭގެތެރޭގައި ކަންކަމުގައި ގުޅަންޖެހޭ ފަރާތްތަކާ ބައްދަލުކުރަންޖެހޭ އިދާރާތަކާ މީހުން ނޭންގުމަކީ ކައުންސިލަތަކަށް އޮތް ތަކުލީފެއް ކަމަށެވެ. ވުމާއެކު ރައްޔިތުންނަށް ޖަވާބުދާރީވުމުގައި ކައުންސިލަރުންނަށް އުންދަގޫތައް ކުރިމަތިވާކަމަށެވެ.

މިނިސްޓަރު ވިދާޅުވީ އެ ރަށެއްގައި ހިންގާ މަޝްރޫޢުގެ މަޢުލޫމާތު ފަސޭހައިން ފޯރުކޮށްދެވޭގޮތަށް، ކޮންމެ ވުޒާރާއަކާ ކުންފުންޏެއްގައި ފޯކަލް ޕޮއިންޓުން މިހާރު ހަމަޖައްސާފައިވާކަމަށާއި، އެ މަޢުލޫމާތުތައް ކައުންސިލްތަކާ ޙިއްސާކުރުމަށް މިހާރު ތައްޔާރުވެފައިވާކަމަށާއި މިއާއެކު ރަށްރަށުގައި ހިންގާ މަސައްކަތްތަކުގެ އަޕްޑޭޓް، މަސައްކަތްތައް ފެށޭނެ ދުވަސްހާއި ހިނގާ ނުހިނގާގޮތުގެ މަޢުލޫމާތު ހޯދަން ކައުންސިލަރުންނަށް ފަސޭހަވާނެކަމަށެވެ.

އެ މިނިސްޓްރީ އިން ވަނީ ރާއްޖެ 7 ކްލަސްޓަރއަކަށް ބަހާލާ، ކޮންމެ އަތޮޅެއްގައި އެ އަތޮޅެއްގެ ކަންކަން ބެލެހެއްޓުމަށް ވުޒާރާގެ މުވައްޒަފެއްވެސް ހަމަޖައްސާފައެވެ.

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ ކައުންސިލަރުން އަބަދު މާލެ އައިސް ބައްދަލުވުންތަކުގައި ބައިވެރިވުމުގެ ބަދަލުގައި، ޚަރަދާ ވަގުތު ސަލާމަތްވާގޮތަށް ރަށުގައި ތިބެގެން މުހިންމު ބައްދަލުވުންތަކުގައި ބައިވެރިވެވޭނެ ގޮތްތައް ހަމަޖެއްސުމަކީ ސަރުކާރުގެ އަމާޒެއް ކަމަށާއި އަދި މާލެއަށް އަންނަން ޖެހޭ ޙާލަތުގައިވެސް ވީހާވެސް އަވަހަށް މަސައްކަތްތައް ނިންމޭނެގޮތަށް ބައްދަލުވުންތައް ހަމަޖައްސައިދެވޭނެ ނިޒާމެއް ޤާއިމުކުރައްވާނެކަމަށެވެ.

މި ލިއުމާއި ގުޅޭ