Wednesday 14th May 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ދިވެހި ފުލުހުން

އިއްޔެ ފެނުނު ސޯމާލިއާ މީހުންނަކީ ކަނޑުމަތީގައި ހާލުގައި ޖެހި ބެހިގެން އާދެވުނު ބައެއް: ފުލުހުން

ފަޅުރަށަކަށް ލެއްގި ޑިންގީއެއްގައި ތިބި ސޯމާލިއާ މީހުންނަނީ ކަނޑުމަތީގައި ހާލުގައި ޖެހި ބެހިގެން އާދެވުނު މީހުންތަކެއްކަމަށް ފުލުހުން ބުނެފިއެވެ.

މިކަމާ ގުޅިގެން ފުލުހުން އިއްޔެ ބުނީ ނ. އަތޮޅު ދަނޑުވެރިކަން ކުރާ ވަވަތިއަށް ލައްގާފައިވަނި ސޯމާލިއާއަށް ނިސްބަތްވާ ބަޔަކު ތިބި ޑިންގީއެއް ކަމަށާއި އެ ޑިިންގީގައި ތިބީ ތިން މީހުންކަމަށެވެ.

ފުލުހުން މިއަދު ބުނީ އެމީހުންނަކީ ހާލުގައި ޖެހި ބެހިގެން އައި މީހުންތަކެއްކަން ފުލުހުން މިހާތަނަށް ބެލިބެލުމުން އެނގިފައިވާކަމަށާއި އެމީހުން މިހާރު ނ. ހޮޅުދޫއަށް ގެންގޮސްފައިވާކަމަށެވެ.

އަދި އެރަށު ކައުންސިލްގެ އެހީތެރިކަމާއެކު ވަގުތީގޮތުން އެމީހުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދީފައިވާކަމަށްވެސް އެ އިދާރާއިން ބުނެފައިވެއެވެ.

މި ލިއުމާއި ގުޅޭ