Monday 21st Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އެޗްޕީއޭ

ޙައްޖުން އެނބުރި އައުމަށްފަހު ބަލިތަކުން ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅުތައް!

ޙައްޖުގެ އަޅުކަން އަންދާކުރުމަށްފަހު އެނބުރި ރާއްޖެ އައުމަށްފަހު ބަލިތަކުން ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅުތައް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ކިޔައިދީފިއެވެ.

އެގޮތުން އަރިދަފުސް ރޯގާ އަދި ވައިރަލް ހުމުން ރައްކާތެރިވުމަށް ހާއްސަ ސަމާލުކަމެއް ދޭންވީ ކަންތައްތައް އެ އެޖެންސީން ވަނީ އާއްމުކޮށްފައެވެ.

ސަމާލުކަން ދޭންވީ ކަންތައްތައް:

  • - އަރިދަފުސް ރޯގާ ޖެހިއްޖެ ނަމަ ކެއްސާ ކިނބިހި އަޅާއިރު އަނގަމައްޗާއި ނޭފަތް ނިވާކުރުން
  • - ޓިޝޫ ފަދަ ތަކެތި ބޭނުން ކުރުމަސްފަހު ރައްކާތެރިގޮތުގައި ނައްތާލުން
  • - ގިނަގިނައިން ސައިބޯނި ލައިގެން އަތް ދޮވުން
  • - ދަތުރުމަތީގައާއި ހައްޖު އުމްރާ އަދާކުރުމުގައި އުޅޭއިރު މާސްކް އަޅައިގެން އުޅުން އެދެވިގެންވޭ
  • - ރޯގާޖެހި ކެއްސާ ނަމަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުން، ހާއްސަކޮށް މިފަދަ ތަންތަނަށް ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނާއި ބަލިތައް ތަހައްމަލު ކުރަމުންދާ ފަރާތްތައް ނުދިއުން
  • - ރޯގާ ޖެހިފައިވާނަމަ ކުޑަކުދިން ކައިރިއަށް ނުދިއުން އަދި އެކުދިން އުރާ ނުހެދުން
  • - ހައްޖުން ނުވަތަ ޢުމްރާއިން އެނބުރި އަންނަތާ 14 ދުވަސް ތެރޭގައި ހުން އައުން ކެއްސުން ނޭވާލާން އުނދަގޫވުން މޭގައި ރިއްސުން ފަދަ އަލާމާތެއް ފެނިއްޖެ ނަމަ ލަސްނުކޮށް ޑޮކްޓަރެއްގެ މަޝްވަރާ ހޯދުން
  • - ޑޮކްޓަރަށް ދައްކާއިރު ހައްޖުން ނުވަތަ އުމްރާއިން އެނބުރި އައި މީހެއްކަމުގެ މައުލޫމާތު ދިނުން
  • - މިނޫންވެސް އިތުރު ބައެއްގެ އަލާމާތެއް ފެންނަ ނަމަ ޑޮކްޓަރަށް ދެއްކުން

މީގެއިތުރުން އެޗްޕީއޭއިން ވަނީ ހުން އަދި އަރިދަފުސް ރޯގާ ޖެހިއްޖެ ނަމަ ގޭގައި ދެވިދާނެ ފަރުވާވެސް ކިޔައިދީފައެވެެ،

އެގޮތުން ގިނަގިނައިން ދިޔާތަކެތި ބޭނުން ކުރުމަށާއިއަރާމުކުރުމަށާއި ހުންގަދަނަމަ ގައިގައި ފެން ހޭކުން (އާދައިގެ ތާފަނާ ފެން) އަދި ޕެރެސެޓްމޯލް ފިޔަވާ އެހެން ބޭހެއް ޑޮކްޓަރެއްގެ މަޝްވަރާއާ ނުލާ ބޭނުން ނުކުރުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފައިވެއެވެ.

މި ލިއުމާއި ގުޅޭ