Monday 21st Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޓޯކިޔޯ

ފަލަސްތީނުގެ ހާލަތު ސިފަވާނެ މަންޒަރުތަކާއެކު ޓޯކިޔޯގައި މުޒާހަރާކޮށްފި

ފަލަސްތީނުގެ ނިކަމެތި އަޚުންނާއި އުޚުތުންނަށް ކުރިމަތިވެފައިވާ ދަތި ހާލަތު ސިފަވާނެ މަންޒަރުތަކާއެކު ޖަޕާނުގެ ގިނަ ރައްޔިތުންތަކެއް ނުކުމެ ޓޯކިޔޯގައި މުޒާހަރާކޮށްފިއެވެ.
މިދިޔަ ހޮނިހިރު ދުވަހު ޓޯކިޔޯގެ މަގުތަކުގައި ވަނީ ޣައްޒާގައި މިހާރު ހިނގަމުންދާ މައްސަލައަށް ސަމާލުކަން ހޯދުމަށް މުޒާހަރާގެ ބައިވެރިން "ޑައި-އިން" އެއް ކުރިއަށް ގެންގޮސްފައެވެ. ހަލަބޮލިޝިންޖުކޫ ސްޓޭޝަން ކައިރީގައި ކުރިއަށް ގެންދިޔަ މި ހަރަކާތުގެ މަގްސަދަކީ އިޒްރޭލުން އެތައް މަހެއްވަންދެން ހިންގަމުން ދިޔަ ހަމަލާތަކުގައި ފަލަސްތީނުން ތަޖުރިބާކުރި ޖަރީމާތަކާއި ތަކުލީފުތަކުގެ މަންޒަރުތައް ދުނިޔޭގެ ލޮލަށް ސިފަކޮށްދިނުމެވެ.
އެތައް ސަތޭކަ ބައިވެރިންނެއް ބިންމަތީގައި މަޑުމަޑުން އޮށޯވެލައިގެން ތިބިއިރު، ބައެއް މީހުން ވަނީ ރަތްކުލައިގެ (ލޭ) ކުލައިން އެމީހުންގެ ހެދުންތައް ތެންމާލައިފައިފައެވެ. އަނެއް ބަޔަކު ފަލަސްތީނުގެ ދިދަތައް ހިފައިގެން ޝުޢޫތައް ފާޅޫކުރަމުންދިޔައިރު، މަގުމަތީގައި އޮށޯވެގެން ތިބި މީހުން ސިފަކޮށްދިނީ ޣައްޒާގެ މަގުތައް މަތީގައި ޝަހީދުކޮށްލައިވާ ގިނަބައެއްގެ މަންޒަރުތަކެވެ.
މުޒާހަރާ އިންތިޒާމްކުރި ފަރާތުން ބުނީ މި ބާރުގަދަ ވިޝުއަލް ޑިސްޕްލޭއަކީ އޮކްޓޯބަރު މަހުން ފެށިގެން ފަލަސްތީނުގެ 37،500 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލާފައިވާ ޣައްޒާގެ އިންސާނީ ހާލަތު ދުނިޔެއަށް ސިފަކޮށްދިނުމުގެ މަގްސަދުގައި ކުރިއަށް ގެންދިޔަ ޑިސްޕްލޭއެއް ކަމަށެވެ.
މި މުޒާހަރާގައި ޣައްޒާގެ ހޮސްޕިޓަލްތަކުގެ ހާލަތު ވެސް ފާހަގަކޮށްފައިވާ އިރު، ހަމަނުޖެހުންތަކުގައި ތަކުރާރުކޮށް ހަމަލާތައް ދެމުން އަންނަ ކަން ވެސް ވަނީ ފާހަގަކޮށްފަ އެވެ. ސޯޝަލް މީޑިއާގައި @musabianpo ގޮތުގައި މަޝްހޫރުވެފައިވާ، މުޒާހަރާގައި ބައިވެރިވި އެކަކު އެ މަންޒަރު ސިފަކޮށްފައި ވަނީ "ގާޒާ ސްޓްރީޓް ހޮސްޕިޓަލް" ގެ ގޮތުގައެވެ.
މި ތަފާތު މުޒާހަރާ ޖަޕާނުގައި ކުރިއަށް ގެންގޮސްފައި މިވަނީ ޣައްޒާގެ ހާލަތާ މެދު ބައިނަލްއަގުވާމީ ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާ ދަނޑިވަޅެއްގައެވެ.
އިޒްރޭލުން ދެމުންދާ ޙަމަލާތަކުގެ ސަބަބުން ޣައްޒާއިން 86،000 އެއްހާ މީހުން ޒަޚަމްވެފައިވާއިރު، އޭގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ. އދ.ގެ ސަލާމަތީ މަޖިލީހުން މިހާރުން މިހާރަށް ހަނގުރާމަ ހުއްޓާލުމަށް ގޮވާލާފައިވާއިރު، އިޒްރޭލުން މިހާތަނަށް އެކަމަށް ސަމާލުކަމެއް ދީފައެއް ނުވެއެވެ.
ބައިނަލްއަގުވާމީ ކޯޓް އޮފް ޖަސްޓިސް އިން ވަނީ އިޒްރޭލުން ޖަރީމާ ހިންގި ކަމަށް ތުހުމަތުކޮށް ދާދި ފަހުން ފަލަސްތީނުގެ އެއް މިލިއަނަށް ވުރެ ގިނަ މީހުން ހިމާޔަތް ހޯދާފައިވާ ރަފާހްގައި ހިންގާ އޮޕަރޭޝަންތައް ވަގުތުން ހުއްޓާލުމަށް އަމުރުކޮށްފަ އެވެ.
ޣައްޒާގެ ހަމަނުޖެހުންތައް އަށްވަނަ މަހަށް ދާއިރު، ޣައްޒާގެ ބޮޑު ބައެއް ވަނީ ހަލާކުވެފައެވެ. ޓޯކިޔޯގެ މުޒާހަރާއަކީ މިހާރު ކުރިމަތިވެފައިވާ އިންސާނީ ކާރިސާއާއި ޣައްޒާގައި ތިބި ފަލަސްތީނުގެ ރައްޔިތުން ހާލުގައި ޖެހިފައިވާ ޙާލަތު ޙައްލުކުރުމަށް ބައިނަލްއަޤްވާމީ ގޮތުން އަވަސް ފިޔަވަޅުތަކެއް އަޅަންޖެހިފައިވާކަން ހަނދާންކޮށްދޭ މުޒާހަރާއެކެވެ.
މި ލިއުމާއި ގުޅޭ