ރ.މީދޫ މިސްކިތެއްގައި އަންހެނަކު ޓިކްޓޮކް ކުޅުނު މައްސަލައެއް ތަހުގީގުކުރަމުންދާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.
ފުލުހުންގެ ޚިދުމަތުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ ރ.މީދޫގައި އީދު ޝޯ ދޭން ގޮސް ތިބި ގުރޫޕެއްގެ އަންހެން މެންބަރަކު އެ ރަށު މިސްކިތެއްގައި ޓިކްޓޮކް ކުޅުނު މައްސަލައެއް ތަހުގީގުކުރަމުންދާ ކަމަށެވެ.
މައުލޫމާތު ލިބޭ ގޮތުން މިސްކިތުގައި ޓިކްޓޮކް ކުޅުނީ ''ދަންދާނަ'' ނަމަކަށް ކިޔާ ގުރޫޕެއްގެ އަންހެން މެންބަރެކެވެ.
މި ގުރޫޕަކީ ށ.މާއުނގޫދޫގެ ގުރޫޕެއް ކަމަށް މައުލޫމާތު ލިބެއެވެ.