Wednesday 14th May 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ދިވެހި ފުލުހުން

ފިޔޯރީއިން 8 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ހޯދަން ފަށައިފި

ގދ.ފިޔޯރީއިން އުމުރުން 8 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.
ގެއްލިގެން ހޯދަމުންދަނީ ފިޔޯރީ ފިނިވިލާގޭ މަރިޔަމް މީނަލް މުޙައްމަދު ކިޔާ ކުއްޖެކެވެ.
ފުލުހުން ބުނީ ފިޔޯރީއިން 8 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން އުޅޭ ކަމަށް މިރޭ 19:08 ގައި ރިޕޯޓުކޮށްފައިވާ ކަމަށެވެ.
އެގޮތުން ކުއްޖާ ހޯދުމުގެ މަސައްކަތް ފުލުހުންނާއި އެ ރަށުގެ ރައްޔިތުން ގުޅިގެން ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.
މި ކުއްޖާ އެންމެ ފަހުން ފެނިފައިވަނީ މިއަދު ހަވީރު 17:00 ހާއިރު ގެއިން ކަމަށް އާއިލާއާ ހަވާލާދީ ފުލުުހުން ވަނީ ބުނެފައެވެ.
މި ކުއްޖާއާބެހޭ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ ކުއްޖާގެ ބައްޕަ މުޙައްމަދު ރަޝީދުގެ ފޯނު ނަންބަރު 7574670 އަށް ގުޅުމަށް އާއިލާއިން ވަނީ އެދިފައެވެ.
މި ލިއުމާއި ގުޅޭ