Saturday 15th Feb 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އިންޑިއާގެ އަސްކަރިއްޔާ

އައްޑޫގައި ތިބީ އިންޑިއާ ސިފައިން ނޫންކަން ކަށަވަރުކޮށްދީފި

އައްޑޫ ސިޓީގައި ތިބީ އިންޑިއާ ސިފައިން ނޫންކަން އެމްއެންޑީއެފްއިން ކަށަވަރުކޮށްދީފިއެވެ.
ސަރުކާރާ އިދިކޮޅު ފަރާތްތަކުން ސޯޝަލްމީޑިއާއަށް ވީޑިއޯއެއް އާންމުކޮށް ބުނެފައިވަނީ އެ ވީޑިއޯއިން ފެނިގެންދަނީ އިންޑިއާ ސިފައިން ކަމަށެވެ.
މިކަމާ ގުޅިގެން އެމްއެންޑީއެފްއިން ބުނީ އެ ވީޑިއޯއިން ފެންނަނީ ލަންކާ އަސްކަރިއްޔާގެ ޓްރެއިނިންގ އިންސްޓްރަކްޓަރުން ކަމަށާއި އެ މީހުން ރާއްޖެ އައިސް އުޅެނީ އެކްސްޕްލޯސިވް އޯޑްނަންސް ޑިސްޕޯސަލް (އީއޯޑީ) ޓްރެއިނިންގ އަކަށް ކަމަށެވެ.
ރާއްޖެއާއި އިންޑިއާއިން އެއްބަސްވީ ރާއްޖޭގައި ގާއިމުވެފައި ތިބި 3 އޭވިއޭޝަން ޕްލެޓްފޯމުގެ ތެރެއިން 1 ޕްލެޓްފޯމުގައި ތިބި މިލިޓަރީ ފަރާތްތައް 10 މާރިޗުގެ ކުރިން ގެންދިއުމަށެވެ. އަދި ބާކީ 2 ޕްލެޓްފޯމުން 10 މޭ ގެ ކުރިން ގެންދިއުމަށެވެ.
އެގޮތުން އައްޑޫ ސިޓީގައި އޮތް އިންޑިއާގެ ހެލިކޮޕްޓަރާއެކު އެ ސިޓީގައި ތިބި އިންޑިއާ ސިފައިން ރާއްޖެއިން ފޮނުވައިލީ މާޗު މަހުގެ 10 ވަނަ ދުވަހުއެވެ. އެއީ އިންޑިއާ އިން ރާއްޖެއަށް ހަދިޔާކުރި ހެލިކޮޕްޓަރު ދުއްވަން އައްޑޫ ސިޓީ ގަމުގައި ތިބި 26 ސިފައިންނެވެ.

ހަމައެއާއެކު ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ ދެވަނަ ބެޗު އަނބުރާ އެ ގައުމަަށް ފޮނުވައިލީ އޭޕްރީލް 09 ގައެވެ. އަދި މެއި 10 ގެ ކުރިން ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ ފަހު ބެޗު އަނބުރާ ފޮނުވައިލައި ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވަނީ ރާއްޖެއިން އިންޑިއާ ސިފައިން ބާލަން އެމަނިކުފާނު ވެވަޑައިގެންނެވި ވައުދުފުޅު ފުއްދަވައިފައެވެ.

މި ލިއުމާއި ގުޅޭ