Thursday 25th Jul 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޚަބަރު

ސަރުކާރުން ދަނީ އައްޑޫ މަސްވެރިންގެ ކަންބޮޑުވުންތައް ވަރަށް ގާތުން ބަލައި އަޑުއަހަމުން: ޝިޔާމް

ސަރުކާރުން ދަނީ އައްޑޫ މަސްވެރިންގެ ކަންބޮޑުވުންތައް ވަރަށް ގާތުން ބަލައި އަޑުއަހަމުން ކަމަށް ފިޝަރީޒް މިނިސްޓަރު އަޙްމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް ސަރަހައްދުގައި މަސްވެރިން ކުރަމުންދާ އިހުތިޖާޖާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ހުޅުމީދޫގައި ހުންނަ މިފްކޯ މަސް ފެކްޓްރީ ދޮށަށް އެއްވެ މަސްވެރިން މުޒާހަރާ ފެށީ އިއްޔެގައެވެ.

މިނިސްޓަރު ވިދާޅުވީ‏ އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް ސަރަހައްދުގައި ކުރިޔަށްދާ އިހުތިޖާޖު ފެށުމުގެ ކުރިން ވެސް އަދި މިހާރު ވެސް ސަރުކާރުން ދަނީ ވަރަށް ގާތުން ބަލަމުން އަޑުއަހަމުން ކަމަށެވެ.
އެކަމުގައި މިފްކޯ އަދި ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތަފްސީލު ވެސް މަސްވެރިންނާ ހިއްސާ ކުރަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ސަރުކާރުން މިދިޔަ އެޕްރީލް މަހުގެ 22 ގެ ނިޔަލަށް މަސްވެރިންނަށް ވަނީ 881 މިލިއަން ރުފިޔާ ދޫކޮށްފައެވެ. އަދި ނުދެވި ހުރި ފައިސާ ދިނުމަށް ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

މި ސަރުކާރު ހަވާލުވިއިރު މަސްވެރިންނަށް ދޭންޖެހޭ 250 މިލިއަން ހުރީ ނުދެވިއެވެ.

މި ލިއުމާއި ގުޅޭ