Thursday 25th Jul 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޣައްޒާ

އިސްރާއީލުން ޣައްޒާގައި ފަލަސްތީނުގެ އިތުރު 101 މީހަކު ޝަހީދުކޮށްލައިފި

އިސްރާއީލުން ޣައްޒާގައި ފަލަސްތީނުގެ އިތުރު 101 މީހަކު ޝަހީދުކޮށްލުމާ އެކު ފަލަސްތީނުން ޝަހީދުވި މީހުންގެ އަދަދު 37،500 އަށް ވުރެ މައްޗަށްއަރައިފިއެވެ.
އިސްރާއީލުން މިދިޔަ އޮކްޓޫބަރު މަހުން ފެށިގެން ޣައްޒާއަށް ދެމުން ގެންދާ ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުގެ 37،551 މީހުން ޝަހީދުވެފައިވާ ކަމަށް ވަށާލާފައިވާ އެންކްލޭވްގެ ހެލްތު މިނިސްޓްރީން ވަނީ ބުނެފައެވެ.
އެ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ މި ހަމަލާގައި އިތުރު 85،911 މީހުން ޒަހަމްވެފައިވާ ކަމަށާއި އޭގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިން ކަމަށެވެ.
"ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެކަނިވެސް އިސްރާއީލުގެ ހަމަލާތަކުގައި 101 މީހުން މަރުވެ، 169 މީހުން ޒަޚަމްވި،" އެ ބަޔާނުގައި ވެއެވެ.
އިޒްރޭލުން ހަމަލާތައް ދެމުންދާތާ އަށް މަހަށް ވުރެ ގިނަ ދުވަސް ވެފައިވާއިރު އެ ހަމަލާތަކުގެ ސަބަބުން ނާއި މަގުތަކުގައި އަދިވެސް އެތައް ބަޔަކު ތާށިވެފައި ތިބީ ސަލާމަތްކުރާ މީހުންނަށް އެ މީހުންނާ ހަމައަށް ނުދެވުމުގެ ސަބަބުން ކަމަށް އެ އިދާރާއިން ބުންޏެވެ.
އިޒްރޭލު ހަނގުރާމައަށް އަށް މަހަށް ވުރެ ގިނަ ދުވަސް ވެފައިވާއިރު، ޣައްޒާގެ ބޮޑު ބައެއް ވަނީ ކާބޯތަކެއްޗާއި ސާފު ފެނާއި ބޭސް ބޭނުންކުރުން ހުއްޓުމަކަށް އައިސްފަ އެވެ.
ބައިނަލްއަގްވާމީ ކޯޓް އޮފް ޖަސްޓިސްގައި އިސްރާއީލުގެ މައްޗަށް ޖަރީމާހިންގުމުގެ ތުހުމަތު ކުރެވޭއިރު، އެންމެ ފަހުގެ ހުކުމުގައި ވަނީ ފަލަސްތީނުގެ އެއް މިލިއަނަށް ވުރެ ގިނަ މީހުން ހަނގުރާމައިން ހިމާޔަތް ހޯދާފައިވާ ރަފާހުގައި ތެލް އަވީވް އިން ހިންގާ އޮޕަރޭޝަން ވަގުތުން ހުއްޓާލުމަށް އަމުރުކޮށްފަ އެވެ.
މި ލިއުމާއި ގުޅޭ