Tuesday 22nd Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އެކްސިޑެންޓު

ހައިވޭގައި އެކްސިޑެންޓެއް ހިނގައި މީހަކު މަރުވެއްޖެ

ސިނަމާލެ ބުރިޖާއި ގުޅިފައިވާ ހައިވޭގައި އެކްސިޑެންޓެއް ހިނގައި ބިދޭސީއަކު މަރުވެއްޖެއެވެ.

ފުލުހުން ބުނީ ސިނަމާލެ ބުރިޖުން ފައިބައިގެން ހައިވޭގައި މާލެއިން ހުޅުމާލެއަށްދާ ފަޅީގައި ސައިކަލެއް ކަހާލައިގެން ފެންސުތަކުގައި ޖެހި ހާދިސާއެއް ހިނގައިގެން އުޅޭ ކަމަށް އިއްޔެ ހެނދުނު 6:40 އެހާކަންހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އެ އިދާރާއިން ބުނިގޮތުގައި އެ ހާދިސާގައި އަނިޔާވި ލަންކާއަށް ނިސްބަތްވާ ފިރިހެނަކަށެވެ.

އެ މީހާއަށް ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން އަންނަނިކޮށް މިއަދު މަރުވެފައިވާ ކަމަށް އެ ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދީފައިވާކަމަށް ފުލުހުން މީޑިއާއަށް ބުނެފައިވެއެވެ.

މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން އަންނަނީ ބަލަމުންނެވެ.

މި ލިއުމާއި ގުޅޭ