ކައުބަތުﷲ ގެފުޅުގެ ތަޅުދަނޑީގެ ވެރިޔާ ޝައިޚް ސާލިޙް އަލްޝައިބާ އަވަހާރަވެއްޖެއެވެ.
ޝައިޚް ސާލިޙް އަލްޝައިބާއަކީ ކައުބަތުﷲ ގެފުޅުގެ އެންމެ އިސް ތަޅުދަނޑީގެ ވެރިޔާ އުޘްމާން އިބްނު ތަލްހާ (ރަޟިޔަالله ޢަންހު)ގެ ފަހުން 109 ވަނަ ތަޅުދަނޑީގެ ވެރިޔާއެވެ.
ޝައިޚް ސާލިޙް އަލްޝައިބާގެ ޖަނާޒާ އޮތީ މިއަދު ފަތިސް ނަމާދުގެ ފަހުން މަސްޖިދުލް ޙަރަމްގައެވެ.
ނަބިއްޔާ މުހައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ޒަމާނުން ފެށިގެން މި ވަގުތާ ހަމައައްވެސް ގެފުޅުގެ ތަޅުދަނޑި އޮންނަނީ އުސްމާން އިބްނި ޠަލްހާގެ އާއިލާގެ އަތުގައެވެ.
ގުދުސީ ހަދީސް ބަސްފުޅެއްގެ މާނާގައިވެއެވެ. “އޭ ރަސޫލުﷲ އެވެ، އުސްމާން އިބްނި ޠަލްހާއަށް ގޮސް ހަބަރުދޭށެވެ. ގިޔާމަތާ ހަމައަށް ދާންދެން ގެފުޅުގެ ތަޅުދަނޑި އޮންނާނީ އުސްމާން އިބްނި ޠަލްހާގެ އާއިލާގެ އަތުގައެވެ.