Sunday 21st Jul 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ފަތުރުވެރިކަމާ ބެހޭ ވުޒާރާ

40 އެއާލައިނަކުން މިހާރު ރާއްޖެއަށް ދަތުރުކުރޭ

ރާއްޖެއަށް ދަތުރުކުރާ އެއާލައިންތަކުގެ އަދަދު 40 އަށް އަރާފައިވާކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އެ ވުޒާރާއިން އެންމެ ފަހުން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މިމަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ދަތުރުކުރާ އެއާލައިންތަކުގެ އަދަދު 40އަށް އިތުރުވެފައިވެއެވެ. މިއީ މިދިޔަ އަހަރު ރާއްޖެއަށް ދަތުރުކުރި އެއާލައިންތަކުގެ އަދަދާއި އަޅާބަލާއިރު 4 އެއާލައިންގެ އިތުރުވުމެކެވެ.

ޔޫރަޕުގެ ބޮޑު 7 އެއާލައިނަކުން ރާއްޖެއަށް ދަތުރުކުރާއިރު، މިހާރު ރާއްޖެއަށް އެންމެ ގިނަ އެއާލައިން އަންނަމުންދަނީވެސް ޔޫރަޕާއި މެދު އިރުމަތީގެ ގައުމުތަކުންނެވެ. އަދި މީގެ އިތުރުން، ޗައިނާއާއި އިންޑިއާއިން ރާއްޖެއަށް ދަތުރުކުރަނީ 3 އެއާލައިންކަމަށް އެ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައެވެ.

ރާއްޖެއަށް ދަތުރުކުރާ އެއާލައިންތަކުގެ އަދަދު އިތުރުވަމުންދާ ވަރަކަށް ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދުވެސް އިތުރުވަމުންދާކަން ތަފާސްހިސާބުތަކުން ހާމަވެއެވެ. އެގޮތުން މިއަހަރުގެ މިހާތަނަށް 936،258 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވައިވާއިރު މިދިޔަ އަހަރުގެ މި ދުވަސްވަރު ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ، 854،405 ފަތުރުވެރިންނެވެ.

މި ލިއުމާއި ގުޅޭ