Tuesday 22nd Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ދިވެހި ފުލުހުން

މަސްތުވާތަކެތީގެ މައްސަލައެއްގައި މީހަކު ހޯދަން 3 ވަނަ ފަހަރަށް އިއުލާންކޮށްފި

ކެނަބިސް އެތެރެކުރި މައްސަލައެއްގައި މީހަކު ހޯދަން 3 ވަނަ ފަހަރަށް އިއުލާންކޮށްފިއެވެ.

ރާއްޖެއަށް ކެނަބިސް އެތެރެކުރި މައްސަލައާއި ގުޅިގެން ފުލުހުން ހޯދަމުންދަނީ އުމުރުން 29 އަހަރުގެ ސ. ހިތަދޫ، ހަޒާރުމާގެ، މުހައްމަދު އުބާދަތު ހުސައިނެވެ.

އޭނާ ހޯދަން ފުލުހުން އެންމެ ފުރަތަމަ އިއުލާނުކޮށްފައިވަނީ މިދިޔަ މަހުގެ 12 ވީ އާދީއްތަ ދުވަހުގައެވެ. އަދި އޭގެ ފަހުން އޭނާ ހޯދިފައި ނުވާތީ މިމަހު 2 ވީ އާދީއްތަ ދުވަހު އިއުލާނުކޮށް އަނެއްކާ މިއަދުވެސް އޭނާ ހޯދަން ފުލުހުން އިއުލާނުކޮށްފައިވެއެވެ.

ދިވެހިރާއްޖޭގެ ކްރިމިންލަ ކޯޓުގައިވާ ކެނަބިސް އެތެރެކުރުމުގެ މައްސަލައަކާއި ގުޅިގެން އޭނާ ހޯދަން ފުލުހުން 3 ފަހަރު މަތިން އިއުލާނުކޮށްފައިވާއިރުވެސް، ފުލުހުންގެ މައްޗަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފައިވަނީ ބަންދުގައި ބަހައްޓައިގެން އޭނާ މާދަން މެންދުރު ކޯޓަށް ހާޒިރުކޮށްދިނުމަށެވެ.

އެހެންކަމުން އުބާދަތާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ ފުލުހުންގެ ކަސްޓޯޑިއަލް ނަންބަރު 9991442 އަށް ގުޅުމަށް ފުލުހުން އެދިފައިވެއެވެ.

މި ލިއުމާއި ގުޅޭ