Saturday 15th Feb 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މޫސުމާ ބެހޭ ޤައުމީ އިދާރާ

މޫސުން ގޯސްވެ، ރާއްޖޭގެ ބޮޑު ބަޔަކަށް ހުދު ސަމާލު ނެރެފި

މޫސުން ގޯސްވެ، ރާއްޖޭގެ ބޮޑު ބަޔަކަށް ހުދު ސަމާލު ނެރެފިއެވެ.

މިހާރު ރާއްޖެއަށް ކުރަމުން ގެންދާ ވިއްސާރާގައި މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް)އިން ހުދު ސަމާލު ނެރެފައިވަނީ، ހއ. އަތޮޅުން ފެށިގެން ތ. އަތޮޅާއި ހަމައަށެވެ.

ބޯ ވާރޭ ވެހި، ގަދަ ވަޔާއެކު ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މެޓް އޮފީހުން 15 އަތޮޅަކަށް ހުދު ސަމާލު ނެރެފައިވަނީ، މިއަދު ހެނދުނު 08:15 އިން 13:00 އަށެވެ. މިއީ އެ އިދާރާއިން މި ސަމާލު މިއަދު ނެރުނު 2 ވަނަ ފަހަރެވެ. މީގެ ކުރިން މި ސަމާލު ނެރެފައިވަނީ ރޭ 02:15 އިން މިއަދު ހެނދުނު 08:15 އާ ހަމައަށެވެ.

ހުދު ސަމާލު ނެރެފައިވާ އަތޮޅުތައް

  • ހއ. އަތޮޅު
  • ހދ. އަތޮޅު
  • ށ. އަތޮޅު
  • ނ. އަތޮޅު
  • ރ. އަތޮޅު
  • ބ. އަތޮޅު
  • ޅ. އަތޮޅު
  • ކ. އަތޮޅު
  • އއ. އަތޮޅު
  • އދ. އަތޮޅު
  • ވ. އަތޮޅު
  • މ. އަތޮޅު
  • ފ. އަތޮޅު
  • ދ. އަތޮޅު
  • ތ. އަތޮޅު

އަދި މިވަގުތުގައި، އެ ސަރަހައްދުތަކަށް ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައި ޖެހި، ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައި ގަދަވާނެކަމަށް ލަފާކޮށްފައިވެއެވެ. އަދި މީގެ އިތުރުން، ރާއްޖޭގެ ބޮޑު ބަޔަކަށް ކަނޑުތައް ގަދަވާނެކަމަށް އެ އިދާރާއިން ލަފާކޮށްފައިވެއެވެ.

މި ލިއުމާއި ގުޅޭ