Tuesday 14th Jan 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އިޓަލީ

ޗައިނާގެ ކާރުތަކެއް ވިއްކި މައްސަލައިގައި އިޓަލީ ކުންފުންޏެއް 6،4 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި

ޗައިނާގައި އުފައްދާފައިވާ ކާރުތަކެއް އޮޅުވާލައިގެން އިޓަލީގެ އުފެއްދުމެއްގެ ގޮތުގައި މާކެޓްކޮށް ވިއްކި މައްސަލައަކާ ގުޅިގެން އިޓަލީގެ ކުންފުންޏެއް 6.4 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފިއެެވެ.

މިމައްސަލައާއި ގުޅިގެން ޖޫރިމަނާކުރީ އިޓަލީގެ ޑީއާރް އޮޓޯމޮބައިލްސް އެވެ. އެކަމާ ގުޅޭ ގޮތުން އިޓަލީގެ ކަމާބެހޭ މުއްސަސާއިން ބުނެފައި ވަނީ އެ ކުންފުނިން ވިއްކާ ކާރުތައް މައިގަނޑު ގޮތެއްގައި އުފައްފަނީ ޗައިނާގައި ކަމަށެވެ. އެކަމަކު އެ ތަކެތި ވިއްކަނީ އިޓަލީގެ އުފައްދާ އެއްޗެހި ކަމަށް މާކެޓްކޮށް ކަމަށްވާތީ، އެއީ ވަރަށް ބޮޑު އޮޅުވައިލުމެއް ކަމަށާއި ގަވައިދުތަކާއި އުސޫލުތަކާ ވެސް ހިލާފު ކަމެއް ކަމަށް ބުނެފައިވެ އެވެ.

އެގޮތުން ޑީއާރް އޮޓޯމޮބައިލްސްގެ ޑީއާރާއި އީވޯ ބްރޭންޑްސްގެ ކާރު ވިއްކުމުގައި އޮޅުވައިލަމުންދާ ކަމަށް ބުނެފައިވެ އެވެ.

ޖޫރިމަނާއާ ގުޅިގެން އެ ކުންފުނިން ބުނީ ކާރުތަކަކީ ސީދާ އިޓަލީގައި އުފައްދާ އެއްޗެހި ކަމަށް ބުނެ އެއް އިރެއްގައި ވެސް ޕްރޮމޯޓްކޮށް، މާކެޓް ނުކުރާ ކަމަށެވެ. އަދި ކާރަށް ބޭނުންތާ ބައެއް ޕާޓްސް ޗައިނާގައި އުފައްދަމުން އަންނަ ކަމަށް ޑީއާރުން ބުންޏެވެ.

ހެޔޮ އަގެއްގައި ޑީއާރް އޮޓޯމޮބައިލްސް އިން ވިއްކާ ކާރުތަކުގެ މުހިއްމު ބައިތަކަކީ ޗައިނާގެ ކުންފުނިތައް ކަމަށްވާ ޗެރީ އޮޓޯމޮބައިލްސް އާއި ބީއޭއައިސީ އަދި ޖޭއޭސީ މޮޓޯސްގައި އުފައްދާ އެއްޗިއްސެވެ. އެ ކުންފުނީގެ ބްރޭންޑްތަކުގެ ތެރޭގައި ސްޕޯޓެކިޕް، އައިސީއެޗް-އެކްސް އަދި ޓައިގާ ހިމެނެ އެވެ.

އިޓަލީގެ ޑީއާރް އޮޓޯމޮބައިލްސް ކުންފުނި ރަސްމީކޮށް ލޯންޗްކޮށްފައިވަނީ 2006 ގައެވެ.

މި ލިއުމާއި ގުޅޭ