Wednesday 12th Feb 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މޯލްޑިވްސް މާކެޓިން އެން ޕަބްލިކް ރިލޭޝަންސް ކޮމްޕެނީ

"އެކްސްޕްލޯ މޯލްޑިވްސް" ގެ ނަމުގައި ރޯޑް ޝޯ އެއް ބާއްވަނީ

މިހިނގާ ޖޫން މަހުގެ 26 ވަނަ ދުވަހު އިންޑިޔާގެ ބެންގަލޫރުގައި "އެކްސްޕްލޯ މޯލްޑިވްސް" ގެ ނަމުގައި ރޯޑް ޝޯ އެއް ބޭއްވުމަށް މޯލްޑިވްސް މާކެޓިންގް އެންޑް ޕީއާރް ކޯޕަރޭޝަން( އެމްއެމްޕީއާރްސީ) އާއި މަންތާ އެއާ އިން ގުޅިގެން ކުރިއަށް ގެންދިޔުމަށް ނިންމައިފިއެވެ.

އިންޑީއާ މާކެޓަކީ ރާއްޖެއަށް މުހިންމު މާކެޓެއްކަމަށާއި މިހަރަކާތުގެ ތެރެއިން އިންޑިއާގެ ޓްރެވެލް މާކެޓާއި ރާއްޖެއާއި އޮތް ގުޅުން ވަރުގަދަކުރެވޭނެ ކަމަށާއި މި ހަރަކާތަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތުގެ އިސްވެރިންނާއި އިންޑިއާގެ ސިނާޢަތުގެ އިސްފަރާތްތައް އެއްތަނަކުން ބަދަލުވުމަށް މުހިންމު ޕްލެޓްފޯމެއްކަމަށް މި ރޯޑް ޝޯ އާއި ގުޅިގެން އެމްއެމްޕީއާރުސީގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޝިއުރީ ވިދާޅުވިއެވެ.

މި ޝޯ ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ބެންގަލޫރުގެ ޝަންގްރިލާ ހޮޓަލުގައެވެ. މި ރޯޑް ޝޯގެ މަގުސަދަކީ އިންޑިއާ މާކެޓުން އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކޮށް، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ ފަރާތްތަކާއި އަދި އިންޑިއާގެ ޓްރެވެލް އިންޑަސްޓްރީގެ ލީޑަރުންނާއި ގުޅުން ބަދަހި ކުރުންކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ.

އެމްއެމްޕީއާރްސީ އިން ހާމަކޮށްފައިވާ ގޮތުގައި މި ރޯޑް ޝޯވގައި 150 އަށްވުރެ ގިނަ ޓްރެވެލް އޭޖެންޓުންނާއި، ޓުއަރ އޮޕަރޭޓަރުންގެ އިތުރުން މިދާއިރާގެ މަންދޫބުންނާއި އަދި މީޑިއާތައް ބައިވެރިވާނެކަމަށާއި އޭގެ ތެރޭގައި ރާއްޖޭގެ މަޝްހޫރު ރިސޯޓު ޗެއިންތަކާއި ގެސްޓު ހައުސްތަކުން ބައިވެރިވާން ހަމަޖެހިފައިވެއެވެ. މީގެ ތެރޭގައި ޔުނިވާސަލް ހޮޓެލްސް، ސަން ސިޔާމް ރިސޯޓްސް، ވިލާ ހޮޓެލްސް އެންޑް ރިސޯޓްސް، ޓްރިޕަލް އޭ ހޮޓެލްސް އެންޑް ރިސޯޓްސްގެ އިތުރުން އެންއެޗް ކަލެކްޝަން އަދި މައިނާ ހޮޓެލްސް ފަދަ ބޮޑެތި ބްރޭންޑްތައް ހިމެނެއެވެ.

2023 ވަނަ އަހަރު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި އެއްގައުމެވެ. މި ހިނގާ ޖޫން މަހާއި ހަމައަށް އިންޑިޔާއިން ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ބައި ލައްކައަށްވުރެ ގިނައެވެ.

މި ލިއުމާއި ގުޅޭ