Sunday 16th Mar 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މޫސުމާ ބެހޭ ޤައުމީ އިދާރާ

އިއްޔެ އެންމެ ގިނައިން ވާރޭ ވެހުނީ ގެމަނަފުއްޓަށް

އިއްޔެ އެންމެ ގިނައިން ވާރޭ ވެހުނީ ގެމަނަފުއްޓަށް ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ހާމަކޮށްފިއެވެ.

އެ އިދާރާއިން ހާމަކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުގައި ގެމަނަފުއްޓަށް 10.9 މިލި ލީޓަރުގެ ވާރޭ އިއްޔެވެހިފައިވާއިރު ދެން އެންމެ ގިނައިން ވާރޭ ވެހިފައިވަނީ ގދ. ކާޑެއްދޫ އަށެވެ. އެރަށަށް 10.8 މިލި މީޓަރުގެ ވާރޭ ވެހިފައިވެއެވެ.

އިއްޔެ ފުވައްމުލަކަށް 8.0 މިލި ލީޓަރުގެ ވާރޭ ވެހިފައި ވާއިރު ފ.ނިލަންދޫ އަށާއި ހަނިމާދޫއަށް 7.4 މިލި ލީޓަރުގެ ވާރޭ ވެހިފައިވާކަމަށް މޫސުމާއި ބެހޭ އިދާރާއިން ހާމަކުރެއެވެ.

އެއިދާރާއިން ލަފާކުރާ ގޮތުގައި މިއަދުގެ ހަވީރު 18:00 އާއި ހަމައަށް ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރާނެއެވެ. އަދި އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި، ގުގުރުން އެކަށީގެންވާ ކަމަށް ވެސް ލަފާކުރެއެވެ.

މީގެ އިތުރުން މޫސުމާއި ބެހޭ އިދާރާއިން ހުޅަނގުދެކުނާއި ހުޅަނގުން، ދެކުނުގެ އަތޮޅުތަކުގައި ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި އަދި އެހެން ހިސާބުތަކުގައި ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް ލަފާކުރެއެވެ.

މި ލިއުމާއި ގުޅޭ