މި މަހު އެކަނިވެސް އީދު މިސްކިތުން 10 ފަންކާ ވަގަށް ނަގައިފައިވާ ކަމަށް މާލެ ސިޓީ ކައުންސިލުން ހާމަކޮށްފިއެވެ.
މިކަމާއި ގުޅިގެން މާލޭ ސިޓީ ކައުންސިލުން އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ވިދާޅުވީ ޢީދު މިސްކިތުން މި މަހު އެކަނިވެސް ވަނީ 10 ފަންކާ ވަގަށް ގެންގޮސްފައި ވާ ކަމަށާއި މިސްކިތުގެ ކެމެރާ ފުޓޭޖްތައް ނަގާ ފުލުހަށް މައްސަލަ ހުށައެޅުމުގެ މަސައްކަތް ދަނީ ކުރަމުން ކަމަށެވެ.
އަދި އޭގެ އިތުރުން މާލެ ސިޓީ ކައުންސިލްގެ ޕޯސްޓުގައި ބުނީ މިސްކިތްތަކުން ވައްކަން ކޮށް ތަކެއްޗަށް ގެއްލުންދީ ނެހެދުމަށް އެކައުންސިލުން އިލްތިމާސް ކުރާ ކަމަށެވެ.
މާލޭގެ މިސްކިތްތަކުގައި ހުންނަ ފަންކާއާއި، ސައުންޑް ސިސްޓަމާއި، ފެން މޯޓަރު ފަދަ ތަކެތި ވަގަށް ނެގުން އާންމުވެފައިވާއިރު ފާހަގަ ކުރެވޭ ކަމަކީ މާލެ ސަރަހައްދުގެ މިސްކިތްތަކުގައި ސީސީޓީވީ ކެމެރާ ހަރުކޮށްފައި ހުންނައިރުވެސް މިސްކިތްތަކުން ވައްކަން ކުރާ މައްސަލައަށް ހައްލެއް ނުލިބޭކަމެވެ.