Wednesday 14th May 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ނައިޖީރިއާ

ނައިޖީރިއާގައި 7 މިލިއަން އަންހެން ކުދިންނަށް އެޗް.ޕީ.ވީ ވެކްސިން ދީފި

ނައިޖީރިއާގައި 7 މިލިއަން އަންހެން ކުދިންނަށް ސަރވައިކަލް ކެންސަރުން ދިފާއުވުމަށް އެޗް.ޕީ.ވީ ވެކްސިން ދީފިއެވެ.

ނައިޖީރިއާގެ ޒުވާން އަންހެނުންގެ މެދުގައި އާންމުކޮށް ފެތުރެމުންދާ ބައްޔެއް ކަމަށްވާ ސަރވިކަލް ކެންސަރުން ދިފާއުވުމަށް ނައިޖީރިއާއިން ވަނީ އެގައުމުގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ހަތް މިލިއަން އަންހެން ކުދިންނަށް އެޗް.ޕީ.ވީ ވެކްސިން ދީފައެވެ.

ނައިޖީރިއާގެ ހެލްތު މިނިސްޓްރީ އާއި އދ.ގެ ކުޑަކުދިންގެ ފަންޑު (ޔުނިސެފް) އަދި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) ގުޅިގެން އުފައްދާފައިވާ ދުނިޔޭގެ ސިއްހަތު ޕާޓްނަޝިޕް ކަމަށްވާ ގަވީ ވެކްސިން އެލަޔަންސް އިން ބުނީ ދެ ހަފުތާގެ މުއްދަތަށް ކުރިއަށް ގެންދާ މި ވެކްސިން ޕްރޮގްރާމަކީ ފުރާނައަށް ނުރައްކާވާ ބައްޔަކުން އަންހެން ކުދިންނާއި އަންހެނުން ސަލާމަތްކުރުމަށް އެޅުނު ވަރަށް ބޮޑު ފިޔަވަޅެއް ކަމަށެވެ.
މިއީ ނައިޖީރިއާގައި އަންހެން ކުދިންގެ ސިއްހަތަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ. އެންމެ ދެ ހަފުތާގެ ތެރޭގައި ހިއުމަން ޕެޕިލޯމާވައިރަސް (އެޗްޕީވީ) އިން ދިފާއުވުމަށް 7 މިލިއަން އަންހެން ކުދިންނަށް ވެކްސިން ދީފައިވޭ،" ވެކްސިން އެލަޔަންސްގެ ޗީފް އެގްޒެކެޓިވް އޮފިސަރު ސާނިއާ ނިޝްތާރު ވިދާޅުވިއެވެ.

އެޗް.ޕީ.ވީ އަކީ ޖިންސީ ގުނަވަންތަކުގެ ޒަރިއްޔާއިން ފެތުރޭ އާންމު އިންފެކްޝަނެކެވެ. ވައިރަހުގެ ހައި ރިސްކް ފޯމްތައް ސަރވިކަލް ކެންސަރަށް ބަދަލުވެދާނެއެވެ.

2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ނައިޖީރިއާއިން ވަނީ އަންހެނުންގެ ކެންސަރު ބަލީގައި މަރުވާ ދެވަނަ އަށް އެންމެ ބޮޑު ސަބަބު ކަމުގައިވާ ސަރވައިކަލް ކެންސަރާ ދެކޮޅަށް ނައިޖީރިއާއިން އެޗްޕީވީ ވެކްސިންގެ ފުރަތަމަ ފިޔަވަހި ރޫޓިން އިމިއުނައިޒޭޝަން އެކްސަސައިޒަށް ތައާރަފްކޮށްފައެވެ.
ނައިޖީރިއާގެ ހެލްތު މިނިސްޓަރު މުހައްމަދު އަލީ ޕަޓޭ 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ވެކްސިންގެ ފުރަތަމަ ފިޔަވަހި އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވިދާޅުވީ ވެކްސިން އަމާޒުކުރަނީ އުމުރުން ނުވަ އަހަރާއި 14 އަހަރާ ދެމެދުގެ އަންހެން ކުދިންނަށް ކަމަށެވެ.

ޑަބްލިއުއެޗްއޯއިން ސިފަކުރާ ގޮތުގައި ނައިޖީރިއާގެ އަންހެނުންގެ މެދުގައި ދެވަނައަށް އެންމެ ގިނައިން ޖެހޭ ކެންސަރަކީ ސަރވިކަލް ކެންސަރެވެ.

މި ލިއުމާއި ގުޅޭ