Wednesday 14th May 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ކުޅިވަރު

އަނިޔާއިން ރަނގަޅު ނުވަނީސް އެމްބާޕޭ ފްރާންސްގެ ފަރިތަކުރުމުގައި ބައިވެރިވެއްޖެ

ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ މެޗުގައި ނޭފަތަށް އަނިޔާވި ކިލިއަން އެމްބާޕޭ، އެ އަނިޔާއިން އެއްކޮށް ރަނގަޅު ނުވަނީސް ފްރާންސްގެ ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށައިފި އެވެ.

އެމްބާޕޭގެ ނޭފަތް ފަޅައިގެން ދިޔައީ ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި އޮސްޓްރިއާ އަތުން ފްރާންސް މޮޅުވި މެޗުގަ އެވެ. އެ މެޗުގެ ފަހުކޮޅު ބޮލުން ޖަހަން އެރި ބޯޅައެއްގައި އެމްބާޕޭގެ ނޭފަތް ޖެހުނީ އޮސްޓްރިއާގެ ޑިފެންޑަރު ކެވިން ޑަންސޯގެ ކޮނޑުގަ އެވެ. އެވަގުތު ނޭފަތް ފަޅައިގެން ގޮސް ވަރަށް ގިނައިން ލޭ އައެވެ.

އަނިޔާގެ ސަބަބުން އެމްބާޕޭ އެ މެޗުގައި ބަދަލުކުރި އެވެ. ރިޕޯޓްތައް ބުނާގޮތުން އެމްބާޕޭ އަށް ދެން ކުޅެވޭނީ ނޭފަތް ރައްކާތެރިކުރާ މާސްކެއް އަޅައިގެންނެވެ. ފްރާންސުން ދަނީ އެ ހާލަތަށް ތައްޔާރުވުމުގެ ގޮތުން އެމްބާޕޭ އަށް މާސްކެއް ތައްޔާރުކުރަމުންނެވެ.

އެމްބާޕޭ ހޮސްޕިޓަލުން ދޫކޮށްލުމާ އެކު އިއްޔެ ވަނީ ފްރާންސްގެ ފަރިތަކުރުމުގައި ބައިވެރިފަ އެވެ. ފަރިތަކުރުމުގައި ބައިވެރިވިއިރު އެމްބާޕޭ ނޭފަތް ހުރީ ބެންޑޭޖްކޮށްފަ އެވެ.

ގްރޫޕް ސްޓޭޖުގެ ދެވަނަ މެޗުގައި މާދަމާ ފްރާންސް ނުކުންނާނީ ނެދަލެންޑްސްއާ ދެކޮޅަށެވެ. އެ މެޗަށް ނުކުންނައިރު އެޓީމަށް އެމްބާޕޭ މުހިއްމުވާނެ އެވެ. އެކަމަކު އެމްބާޕޭ މެޗުގައި ކުޅޭނެކަން އަދި ކަށަވަރެއްނުވެ އެވެ.

ފްރާންސް ކުޅޭ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި އަންނަ އަންގާރަ ދުވަހު ނުކުންނާނީ ޕޮލެންޑާ ދެކޮޅަށެވެ.

މި ލިއުމާއި ގުޅޭ