Wednesday 14th May 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މާލީ ވުޒާރާ

ޓެކްސް އާމްދަނީއަށް 10.5 އިންސައްތައިގެ ކުރިއެރުމެއް ލިބިއްޖެ

މިދިޔަ އަހަރާއި އަޅާބަލާއިރު މިއަހަރު ޓެކްސް އާމްދަނީއަށް 10.5 އިންސައްތައިގެ ކުރިއެރުމެއް ލިބިފައިވާކަމަށް މާލީ ވުޒާރާއިން މައުލޫމާތުދީފިއެވެ.

އެ ވުޒާރާގެ ވީކްލީ ފިސްކަލްގައި އާންމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު، މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ޓެކްސް އާމްދަނީގެ ގޮތުގައި ލިބިފައިވާ އާމްދަނީގެ އަދަދު މިދިޔަ އަހަރުގެ މިހާތަނަށް ލިބިފައިވާ ޓެކްސް އާމްދަނީގެ އަދަދާއި އަޅާ ބަލާއިރު 10.5 އިންސައްތަ އިތުރުވެފައިވެއެވެ.

އެގޮތުން، މިދިޔަ އަހަރުގެ މިހާތަނަށް ޓެކްސް އާމްދަނީގެ ގޮތުގައި 11.2 ބިލިއަން ރުފިޔާ ލިބިފައިވާއިރު މިއަހަރު އެ އަދަދު 12.4 ބިލިއަން ރުފިޔާއަށް އިތުރުވެފައިވާކަމަށް މާލީ ވުޒާރާގެ ވީކްލީ ފިސްކަލުން ދައްކައެވެ.

ހަމައެހެންމެ، އެއަރޕޯޓް ސަރވިސް ޗާޖު އަދި ޑިޕާޗަރ ޓެކްސްގެ ގޮތުގައި ދައުލަތަށް ލިބިފައިވާ ފައިސަ އިތުރުވެފައިވާއިރު މިދިޔަ އަހަރުގެ މިހާތަނަށް ލިބިފައިވާ މިންވަރާއި އަޅާބަލާއިރު މިއަހަރުގެ މިހާތަނަށް ގްރީން ޓެކްސްގެ ގޮތުގައި ދައުލަތައް ލިބިފައިވާ ފައިސާގެ އަދަދުވެސް އިތުރުވެފައިވެއެވެ. އަދި ޓީޖީއެސްޓީގެ ގޮތުގައި މިއަހަރު ލިބިފައިވާ މިންވަރަށް 4.5 ބިލިއަން ރުފިޔާގެ ކުރިއެރުމެއް ލިބިފައިވެއެވެ.

މީގެ އިތުރުން، އެ ވުޒަރާއިން އާންމުކޮށްފައިވާ ވީކްލީ ފިސްކަލްއިން ދައްކާގޮތުން މިމަހުގެ 6 ވަނަ ދުވަހުގެ ނިޔަލަށް 15.4 ބިލިއަން ރުފިޔާ ދައުލަތައް އާމްދަނީގެ ގޮތުގައި ލިބިފައިވެއެވެ. މިއީ މިދިޔަ އަހަރުގެ މިހާތަނަށް ލިބިފައިވާ އާމްދަނީއާ އަޅާބަލާއިރު ކުރިއެރުމެކެވެ. އެގޮތުން، މިދިޔަ އަހަރުގެ މިހާތަނަށް ރާއްޖެއަށް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ، 15.1 ބިލިއަން ރުފިޔާއެވެ.

މި ލިއުމާއި ގުޅޭ