އަމިއްލަ ކުންފުންޏޭއް ކަމަށްވާ "ނިއު ލާޔާ ކޮންސްޓްރަކްޝަން ޕވޓ. ލޓޑ." އިން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ގަނެފައިވާ މުދާތަކަކަށް ފައިސާ ދެއްކުމަށް ސިވިލް ކޯޓުން ހުކުމް ކޮށްފިއެވެ.
އަމިއްލަ ކުންފުނީގެ ޣައިރު ހާޒިރުގައި ކޮށްފައިވާ މިހުކުމުގައި ބުނެފައިވަނީ އެކުންފުނިން އާރުޑީސީން ގަތް މުދަލަށްވާ 24،247.50 ރުފިޔާ އެއްބަސްވެބުނު މުއްދަތުގައި އެކުންފުނިން އާރުޑީސީއަށް ދައްކާފައިނުވާކަމަށާއި އާރުޑީސީއަށް އެކުންފުނިން ދީފައިވާ ޗެކު ބައުންސްވެފައިވާކަމަށެވެ.
މިގޮތުން އާރުޑީސީއަށް މިފައިސާ 1 މަސްދުވަހުގެ ތެރޭގައި ދައްކާ ޚަލާސްކުރުމަށް ސިވިލްކޯޓުގެ ހުކުމުގައި ނިއު ލާޔާ ކޮންސްޓްރަކްޝަން ޕވޓ. ލޓޑ ގެ މައްޗަށް ހުކުމްކޮށްފައިވެއެވެ.
ނިއު ލާޔާ ކޮންސްޓްރަކްޝަން ޕވޓ. ލޓޑ އަކީ 2016 ވަނަ އަހަރު ރަޖިސްޓްރީ ކޮށްފައިވާ ކުންފުންޏެކެވެ. މިކުންފުނި ރަޖިސްޓްރީ ކޮށްފައިވަނީ ހ. ހުދުފަޅުގޭގެ 1 ވަނަ ފަންގިފިލާ އަށެވެ.