ސިނަމާލެ ބްރިޖުގެ މަސައްކަތް ކުރަން އުޅުނު ބިދޭސީއަކު ނިޔާވެއްޖެއެވެ.
ފުލުހުން ބުނީ އެ ބްރިޖުގެ މަސައްކަތް ކުރަމުން ދިޔަ ބިދޭސީއަކު އަނބުރައިގަނެގެން ރޭގެ ވަގުތެއްގައި ޓްރީ ޓޮޕް ހޮސްޕިޓަލްއަށް ގެންގޮސްފައިވާކަމަށެވެ.
އަދި ހޮސްޕިޓަލްއަށް ގެންދިޔައިރުވެސް އެމީހާ ނިޔާވެފައިވާކަމަށް ހޮސްޕިޓަލުން ފުލުހަށް މައުލޫމާތު ދީފައިވާކަމަށްވެސް ބުނެފައިވެއެވެ.
ފުލުހުން ހާމަކުރިގޮތުގައި ނިޔާވެފައިވަނީ އިންޑިއާ ފިރިހެނެކެވެ. މި މައްސަލައާ ގުޅޭ އިތުރު ތަފްސީލެއް އެ އިދާރާއިން އަދި ހާމަނުކުރެއެވެ.
މާލެއާއި ހުޅުލެއާ ގުޅުވައިދޭ ސިނަމާލެ ބްރިޖުގައި މިހާރު ކުރިއަށް ދަނީ އެ ބްރިޖުގެ މެއިންޓެނެންސް މަސައްކަތްތަކެވެ.