Sunday 21st Jul 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ހައްޖުގެ އަޅުކަން

މައްކާ ސަރަހައްދުގެ ހޫނުމިން 51 ޑިގްރީ ސެލްސިއަސްއަށްވުރެ މަތީގައި

މައްކާ ސަރަހައްދުގެ ހޫނުމިން 51 ޑިގްރީ ސެލްސިއަސްއަށްވުރެ މައްޗަށް ގޮސްފައިވާކަމަށް ސައުދީ އަރަބިއްޔާގެ މޫސުމާ ބެހޭ އިދާރާއިން މައުލޫމާތު ދީފިއެވެ.

މިއަހަރުގެ ހައްޖު މޫސުމަކީ އާދަޔާ ހިލާފަށް ހޫނު މޫސުމަކަށްވާއިރު އިއްޔެއަކީ މިއަހަރުގެ ހައްޖު މޫސުން ފެށުނު ފަހުން ރިކޯޑު ކުރެވުނު އެންމެ ހޫނު ދުވަސްކަމަށް ސައުދީގެ ސިއްހީ ވުޒާރާއިން ބުނެފިއެވެ.

އަޅުގަނޑުމެންގެ އިލްތިމާސަކީ ސީދާ އަތްވަށް ހުށަހެޅޭ ގޮތަށް ނޫޅުން
ސައުދީގެ ސިއްހީ ވުޒާރާ

އެގޮތުން، މައްކާގެ ފިނިހޫނު މިނަށް ބަލާއިރު އިއްޔެ މައްކާގެ ހޫނުމިން 51.8 ޑިގްރީ ސެލްސިއަސްއަށް އަރާފައިވެއެވެ. މިއަހަރުގެ ހޫނުމިން ގަދަވުމުގެ ސަބަބުން މިދިޔަ އާދީއްތަ ދުވަހު އެކަނިވެސް 2،700 މީހުން ފަރުވާ ހޯދަން ޖެހުނު އިރު، ހޫނުމިން ގަދަވުމުގެ ސަބަބުން އެތައް ބަޔަކު ނިޔާވެފައިވާކަމަށްވެސް އެކި ގައުމުތަކުގެ ސަރުކާރުން ބުނެފައިވެއެވެ.

އޭގެ ތެރެއިން، ހުރިހާ ގައުމަކުންހެން ނިޔާވުމަށް ދިމާވާ މައިގަނޑު ސަބަބެއްގެ ގޮތުގައި ބުނެފައިވަނީ، ހޫނު ގަދަވެ، ހީޓް ސްޓްރޯކް ޖެހުމެވެ.

އަރަބި ގައުމުތަކަކީ އާންމުކޮށް ހޫނުގަދަ ގައުމުތަކަކަށްވާއިރު މިދިޔަ އަހަރުގެ ހައްޖު މޫސުމުގައިވެސް 200 އަށްވުރެ ގިނަ މީހުން، އަޅުކަމުގައި އުޅެނިކޮށް ހޫނުގެ ސަބަބުން ނިޔާވެފައިވެއެވެ.

މި ލިއުމާއި ގުޅޭ