Wednesday 12th Feb 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރޯޑު ޑިވެލޮޕްމެންޓު ކޯޕަރޭޝަން

މިދިޔަ ތިން އަހަރު އާރްޑީސީގެ އޮޑިޓެއް ނުހަދާ، ކުންފުނީގެ ހާލަތެއް ނޭނގެ: އެމްޑީ ޒުހައިރު

މިދިޔަ ސަރުކާރުގެ ފަހު ތިން އަހަރު ރޯޑް ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)ގެ އޮޑިޓް ނުހަދާ ކަމަށާއި އެހެންވެ ކުންފުނީގެ ހާލަތު ނޭނގޭކަމަށް އާރްޑީސީގެ މިހާރުގެ މެނޭޖިންގް ޑިރެކްޓަރު ބްރިގޭޑިއާ ޖެނެރަލް ރިޓަޔާޑް އަލީ ޒުހައިރު ވިދާޅުވެއްޖެއެވެ.

އެމްޑީ އަލީ ޒުހައިރު މިފަދައިން ވިދާޅުވީ ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ދެއްކެވި ވާހަކަފުޅުގައެވެ.

ޒުހައިރު ވިދާޅުވީ 2021،2022 އަދި 2023 ގައި ކުންފުނީގެ އޮޑިޓެއް ހަދާފައިނުވާތީ އެ ކުންފުނި އޮޑިޓް ކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ގެންދާކަމަށެވެ.

އަޜްޑީސީ އޮފީހުގައި ފުލުހުން ހިންގި ތަހުގީގަކަށް ފަހު ގިނަ އަދަދެއްގެ ލިޔެކިޔުންތައް މިދިޔަ އަހަރުގެ ނޮވެމްބަރުގައި ގެންދިޔުމާއި ގުޅޭގޮތުން ޒުހައިރު ވިދާޅުވީ ތަހުގީގީ ބޭނުންތަކަށް ބޭނުންވާ ހުރިހާ ލިޔެކިޔުންތައް ގެންގޮސްފައިވާ ކަމަށާއި ފައިނޭންޝަލް ހުރިހާ ޑޮކިއުމަންޓްތައް ހުރީ އެބޭފުޅުންގެ އަތުގައި ކަމަށެވެ.

އެކަން ފާހަގަކުރައްވާ އޭނާ ވިދާޅުވީ ލިޔެކިޔުންތައް ނެތުމުން އޮޑިޓް ކުރުމުގައި ބޮޑު ދަތިތަކެއް ހުރިކަމަށާއި ނަމަވެސް ތަހުގީގީ އިދާރާތަކާއި ވާހަކަ ދައްކައިގެން އޮޑިޓަރ ޖެނެރަލްގެ އޮފީހާ ގުޅިގެން ކުންފުނި އޮޑިޓް ކުރުމުގެ މަސައްކަތް ކުރިއަށްދާގެންދާ ކަމަށެވެ.

އަދި އޮޑިޓްގެ މަސައްކަތް އަދިވެސް ނުނިމޭތީ ކުންފުނި މިހާރު އޮތް ހާލަތު އެންމެ ރަނގަޅަށް އެނގިވަޑައިނުގަންނަވާ ކަމަށް ވެސް ޒުހައިރު ވިދާޅުވިއެވެ.

މި ލިއުމާއި ގުޅޭ