އޫރިދޫ މޯލްޑިވްސް ގެ ފުރަތަމަ ޑިޖިޓަލް ރަށް ނ. ލަންދޫއަށް ހަދާނީ ފިލާ އަރުވައިފިއެވެ.
މި ހަނދާނީފިލާ އަރުވާފައިވަނީ ލަންދޫގައި ކުރިއަށް ގެންދިޔަ ހަރަކާތެއްގައެވެ. އުރީދޫ މޯލްޑިވްސްގެ ފަރާތުން މި ފިލާ ލަންދޫ ކައުންސިލްގެ ރައީސް އަބްދުލް އަޒީޒަށް އެރުވީ އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒު އެވެ.
މި ހަރަކާތުގައި ލަންދޫގެ ރަސްމީ ވެބްސައިޓު އިފްތިތާހުކޮށްފައިވެއެވެ. މި ވެބްސައިޓު އިފްތިތާހު ކޮށްދެއްވާފައިވަނީ ހުސައިން ނިޔާޒުއެވެ.
އޫރީދޫ މޯލްޑިވްސްގެ އެންމެ ފުރަތަމަ ޑިޖިޓަލް އައިލެންޑްގެ ލަގަބު ލަންދޫއަށް އަރުވާފައިވަނީ ދުނިޔޭގެ ޓެލެކޮމިއުނިކޭޝަން ދުވަހުގެ މުނާސަބަތުގައި އުރީދޫ މޯލްޑިވްސްގެ ޑިޖިޓަލް މޯލްޑިވްސް، ޕަވާޑް ބައި އޭއައި ކެމްޕެއިންގެ ދަށުންނެވެ.
ޑިޖިޓަލް އިންކްލޫޝަން އަދި އެމްޕަވާމަންޓް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއެރުވުމަށް އުރީދޫއިން ކުރަމުން ގެންދާ މަސައްކަތްތަކުގެ މައްޗަށް މި ޕްރޮޖެކްޓްގައި އަލިއަޅުވާލާފައިވާއިރު އުރީދޫ އިން ލަންދޫ ކައުންސިލާއި ގުޅިގެން އެ ކުންފުނިން އިސްނަގައިގެން ރަށުގެ އިޖުތިމާއީ އަދި އިގުތިސާދީ މަންޒަރަށް އިންގިލާބީ ބަދަލުތަކެއް ގެނައުމަށް މަސައްކަތްކުރާނެ ކަމަށް ބުނެފައިވެއެވެ.
އޫރިދޫ އިން ހާމަކުރާ ގޮތުގައި އުރީދޫ ޑިޖިޓަލް އައިލެންޑް ޕްރޮގްރާމުގެ އަމާޒަކީ ސްޓްރެޓެޖިކް ޕާޓްނާޝިޕްތަކާއި އީޖާދީ ޑިޖިޓަލް ސޮލިއުޝަންތައް މެދުވެރިކޮށް ހާއްސަކޮށް ސިއްހީ ދާއިރާ، ތައުލީމީ ދާއިރާ އަދި ވިޔަފާރި ފަދަ ނާޒުކު ދާއިރާތައް ކުރިއެރުވުމާއި ކުރިއެރުމަށް އިތުރު މަގުތަކެއް ފަހިކޮށްދިނުމެވެ.