Monday 21st Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޖަނަވާރުން

މާލެއިން ހަރުފައެއް ފެނިއްޖެ

މާލެއިން ހަރުފައެއް ފެނިއްޖެއެވެ.

މިފަހަރު ފެނިފައިވާ ހަރުފަ އެންމެ ފުރަތަމަ ފެނިފައިވަނީ މާފަންނުގައި ހުރި ގެއެއްގެ ފާރުމަތިންނެވެ. އާންމުންނަށް އެ ހަރުފަ ފެނުމުން ކަމާބެހޭ އިދާރާތަކަށް ރިޕޯޓުކޮށްފައިވާކަމަށް މަންޒަރު ދުށް ފަރާތްތަކުން ދިޔަރެސްއަށް މައުލޫމާތުދީފައިވެއެވެ.

މިކަމާއި ގުޅޭ މައުލޫމާތު ފުލުހުންނާއި ސިފައިންގެ އެއްވެސް ހަބަރު ފަތުރާ ހޭންޑަލްއަކުން އާންމުކޮށްފައި ނުވި ނަމަވެސް، އެ ހަރުފަ އަތުލައިގަތުމުގައި ސިފައިންނާއި ފުލުހުން ހަރަކާތްތެރި ވެފައިވާކަމަށް މަންޒަރު ދުށް ފަރާތްތަކުން ބުނެފައިވެއެވެ.

އެ ހަރުފަ އަތުލައިގަތުމުގައި އުނދަގޫތަކެއް ކުރިމަތިވިއިރު، އެ ހަރުފައިގެ ދިގުމިނުގައި 5 ފޫޓު ނުވަތަ 6 ފޫޓު ހުންނާނެކަމަށްވެސް މަންޒަރުދުށް ފަރާތްތަކުން ދިޔަރެސްއަށް މައުލޫމާތު ދީފައިވެއެވެ.

މިއަހަރުގެ ފެބްރުއަރީ 17 ވަނަ ދުވަހު އަތުލައިގަތް ހަރުފަވެސް އަތުލައިގަނެފައިވަނީ މާފަންނުންނެވެ. އެފަހަރު ހަރުފަ އަތުލައިގަތީ މާފަންނު ޓިމްބާ ހައުސްއަށް ގެނެސްފައިހުރި ލަކުޑިތަކެއްގެ ތެރެއިންނެވެ.

މި ލިއުމާއި ގުޅޭ