Sunday 21st Jul 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ދިވެހި ފުލުހުން

އާންމު ދަތުރުފަތުރަށް އުނދަގޫވާގޮތަށް ޕާކުކުރި ހަތަރު ފުރޮޅުލީ 163 އުޅަނދެއް ޓޯކޮށްފި

އާންމު ދަތުރުފަތުރަށް އުނދަގޫވާގޮތަށް ޕާކުކުރި ހަތަރު ފުރޮޅުލީ 163 އުޅަނދެއް ޓޯކޮށްފިއެވެ،

ގަވާއިދާ ހިލާފަަށް ޕާކުކޮށް އާންމު ދަތުރުފަތުރަށް އުނދަގޫވާގޮތަށް ބަހައްޓާފައިހުންނަ އުޅަނދުފަހަރު ޓޯކުރުމުގެ މަސައްކަތުގެ ތެރެއިން ފާއިތުވި ދެދުވަހު ޖުމްލަ 163 ހަތަރު ފުރޮޅުލީ އުޅަނދު ޓޯކޮށްފައިވާކަމަށް ފުލުހުން މައުލޫމާތުދީފިއެވެ.

މިދިޔަ ބުރާސްފަތި ދުވަހާއި ހުކުރުދުވަހު ފުލުހުން ޓޯކޮށްފައިވާ އުޅަނދުތަކާއި ގުޅޭ މައުލޫމާތު މީޑިއާތަކަށް ހިއްސާކުރަމުން ފުލުހުން ބުނެފައިވަނީ، ބޮޑުތަކުރުފާނުމަގުގެ ބޮޑު ބައެއްގައި ޕާކުކޮށްފައިވާ އުޅަނދުތައް ނަގާފައިވާކަމަށެވެ.

އެގޮތުން، ކަޅުތުއްކަލާކޮށިން ފަށައިގެން މާލެ ފަތާ ޓްރެކާއި ހަމައަށް ޕާކުކޮށްފައިވާ 84 ހަތަރު ފުރޮޅުލީ އުޅަނދެއް ނަގައި އެސަރަހައްދު ހުސްކޮށްފައިވާކަމަށް ފުލުހުން މައުލޫމާތުދެއްވާފައިވެއެވެ.

އަދި މީގެ އިތުރުން، އަމީނީމަގު ދަރުބާރުގެ ހިސާބުން އައިޖީއެމްއެޗްއާ ހަމައަށް ގަވާއިދާ ހިލާފަށް ޕާކުކޮށްފައިވާ ހުރިހާ 4 ފުރޮޅުލީ އުޅަނދުތައް ނަގާފައިވާއިރު ސެނަހިޔާ ހޮސްޕިޓަލުން ފެށިގެން މާގިރި ހޮޓަލާއި ހަމައަށް ހުރި އުޅަނދުތައްވެސް ނަގާފައިވާކަމަށް ފުލުހުން މައުލޫމާތުދީފައިވެއެވެ. އަދި މި ސަރަހައްދުތަކުން ޓޯކޮށްފައިވާ އުޅަނދުތަކުގެ އަދަދު 79 އަކަށް އަރާކަން ފުލުހުން ފާހަގަކޮށްފައިވެއެވެ.

ފުލުހުން އިތުރަށް ބުނެފައިވަނީ، އިއްޒުއްދީން މަގުގައި ގަވާއިދާ ހިލާފަށް ޕާކުކޮށްފައިވާ ހަތަރު ފުރޮޅުލީ އުޅަނދުތައް ނަގާފައިވާއިރު، އޭގެ ތެރޭގައި ރެޖިސްޓާ ނުކުރާ އުޅަނދެއްވެސް ހިމެނޭކަމަށެވެ.

ރާއްޖޭގެ މަގުތަކުގެ ތޮއްޖެހުން ކުޑަކުރުމަށް ފުލުހުން ކުރަމުން އަންނަ މަސައްކަތުގައި އެތައް އުޅަނދެއް ޓޯކޮށްފައިވާއިރު، އޮޅުވާލައިގެން ގަރާޖު ސިޓީ ހޯދާ މައްސަލައަށްވެސް މި ދައުރުގައި ހަރުކަށި ނަޒަރަކުން ބަލަން ފަށާފައިވެއެވެ.

އެހެންކަމުން، އެތައް ބަޔަކު ކުޑަ ޖާގައެއްގައި ދިރިއުޅެމުންދާ މާލޭގެ ތޮއްޖެހުން ކުޑަކޮށް އާންމު ދަތުރުފަތުރަށް އުނދަގޫ ނުވާނެހެން ޕާކުކުރުމަށް ފުލުހުން އިލްތިމާސްކޮށްފައިވެއެވެ.

މި ލިއުމާއި ގުޅޭ