Sunday 21st Jul 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޙައްޖު ކޯޕަރޭޝަން

ހުރިހާ ދިވެހި ހައްޖުވެރިން އަރަފާތުބިމަށް ގޮސްފި

ދިވެހިރާއްޖެއިން މިފަހަރު ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ސައުދީއަށް ދިޔަ ހުރިހާ ހައްޖާޖީން އަރަފާތުބިމަށް ގޮސްފިއެވެ.

އަރަފާތުބިމުގައި މަޑުކުރުމަކީ ހައްޖުގެ އެންމެ މަތިވެރިވެގެންވާ ރުކުންކަމަށާއި، އެ ރުކުން ފުރިހަމަކުރުމަށްޓަކައި ދިވެހި ހުރިހާ ހައްޖާޖީންނެއް އަރަފާތުބިމުގައި ތިބިކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވިއެވެ.

ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށްޓަކައި ދާ ކޮންމެ މުސްލިމަކު ހައްޖު މަހުގެ 9 ވަނަ ދުވަހުގެ މެންދުރު ފަހާއި އިރުއޮއްސުމާ ދޭތެރޭ އަރަފާތު ބިމަށް ގޮސް މަޑުކުރުމަކީ ހައްޖުގެ އެންމެ ބޮޑު ރުކުން ކަމުގައިވާއިރު ހަނދު ސާބިތުވުމުގެ ސަބަބުން ކަލަންޑަރުގައިވާ ތާރީހަށްވުރެ 1 ދުވަސްކުރިން ހައްޖު ދުވަސްވެސް މިވަނީ އަވަސްވެފައެވެ.

މިފަހަރު ދިވެހި ހައްޖުވެރިން ސައުދީއަށް ފޮނުވުމަށް ރާއްޖެއަށް ލިބިފައިވާ ހުރިހާ ކޯޓާއަކާއި ހަވާލުވީ ހައްޖު ކޯޕަރޭޝަނުންނެވެ. އަދި އެ ކޯޓާ ފުރިހަމަކުރި އިރު ފުރާނައަށް ނުރައްކާވާ ބަލިތައް ތަހައްމަލުކުރާ ފަރާތްތަކަށް އެ ކޯޕަރޭޝަނުން ވަކި ސަމާލުކަމެއް ދީފައިވެއެވެ.

މީގެ ކުރިން ވަޒީރު ވިދާޅުވެފައިވާގޮތުން މިފަހަރުގެ ހައްޖަށް ފުރާނައަށް ނުރައްކާވާ ބަލި ތަހައްމަލުކުރާ 50 ދިވެހިން ގޮސްފައިވެއެވެ. ފޮރޮޅުލީ ގޮނޑީގައިވެސް 100އަށްވުރެ ގިނަ މީހުން ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ގޮސްފައިވާކަމަށް ވަޒީރު ޑރ. ޝަހީމް މައުލޫމާތުދެއްވާފައިވާއިރު، މިއަހަރުގެ ހައްޖަށް ދިޔުމުގެ ފޯރުންތެރިކަން ނެތް 50 ފަރާތަކުންވެސް މިފަހަރުގެ ހައްޖުގައި ބައިވެރިވެއެވެ.

މި ލިއުމާއި ގުޅޭ