Thursday 25th Jul 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޚަބަރު

ކިނބިދޫ ނެރު ފަސްގަނޑަށް ލޯންޗެއް އަރައި ހިނގި އެކްސިޑެންޓެއްގައި ދެ މީހަކަށް އަނިޔާވެއްޖެ

ތ.ކިނބިދޫ ނެރު ފަސްގަނޑަށް ލޯންޗެއް އަރައި ހިނގި އެކްސިޑެންޓެއްގައި ދެ މީހަކަށް އަނިޔާވެއްޖެއެވެ.
މި އެކްސިޑެންޑް ހިނގީ މިއަދު ހަވީރުއެވެ.
މިކަމާ ގުޅިގެން ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ މިއަދު ހަވީރު 17:00 ހާއިރު ވެލިމާ ނަމަކަށް ކިޔާ ލޯންޗެއް ކިނބިދޫ ނެރު ފަސްގަނޑަށް އަރައި އެކްސިޑެންޓްވެފައިވާ މައްސަލައެއް ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
''މި ލޯންޗުގައި ތިބި 3 މީހުންގެ ތެރެއިން 2 މީހަކަށް ކުދި އަނިޔާތަކެއް ވެފައިވޭ'' މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނެފައި ވެއެވެ.
ފުލުހުން ބުނީ މި މައްސަލަ ތަހުގީގުކުރަމުންދާ ކަމަށެވެ.
މި ލިއުމާއި ގުޅޭ