Wednesday 14th May 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޚަބަރު

މިރޭ ހުރިހާ ހައްޖުވެރިން އަރަފާތުު ބިމަށް ދާނެ, ހުރިހާ ހައްޖުވެރިންގެ ހާލު ރަނގަޅު: އެމްޑީ ޝަކީލް

މިރޭ ހުރިހާ ހައްޖުވެރިން އަރަފާތުު ބިމަށް ދާނެ, ދިވެހި ހުރިހާ ހައްޖުވެރިންގެ ހާލު ރަނގަޅު ކަމަށް މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރު މުޙައްމަދު ޝަކީލު ވިދާޅުވެއްޖެއެވެ.
މިއަހަރު ރާއްޖެއިން ހައްޖަށް ދިޔަ އެންމެން ވެސް ދިޔައީ މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ ހަވާލުގައެވެ. ހައްޖުވެރިންގެ ކަންކަމާ ހަވާލުވެވަޑައިގެން ޝަކީލު ވެސް ވަޑައިގެން ހުންނެވީ ސަޢޫދީ ޢަރަބިއްޔާގައެވެ.
އެކްސްގައި މިއަދު ހަވީރު ކުރެއްވި ޕޯސްޓެއްގައި ޝަކީލު ‏ވިދާޅުވީ 1445އަހަރު ރާއްޖެއިން ހައްޖުގެ އަޅުކަން އަދާކުރުމަށް ދިޔަ ހުރިހާ ހައްޖުވެރިން މިހާރު ތިބީ މިނާގައި ކަމަށެވެ. އަދި މިރޭގެ ވަގުތެެއްގައި ހުރިހާ ހައްޖުވެރިން އަރަފާތުު ބިމަށްދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
''ދިވެހި ހުރިހާ ހައްޖުވެރިންގެ ހާލު ވެސް އާއްމު ގޮތެއްގައި ރަނގަޅު.''
މީގެއިތުރުން އައްޝައިޚު މުޙައްމަދު ލަޠީފް ކުރެއްވި ޕޯސްޓެއްގައި ‏ވިދާޅުވީ މިއަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަން، ފަސޭހަކަމާއެކު އަދާކުރެވޭނެ އެންމެހައި އިންތިޒާމުތަކެއްވަނީ ސަޢުދީ ޢަރަބިއްޔާއިން ހަމަޖައްސަވާ ދެއްވާފައިވާ ކަަމަށެވެ.
އެގޮތުން ޙައްޖާޖީންގެ ރައްކާތެރިކަމާއި ސަލާމަތްތެރިކަމަށް ބޭނުންވާ އެންމެހައި އިންތިޒާމުތަކާއި ކެއުމާއި ބުއިމަށް ބޭނުންވާހައި ތަކެތި ފަސޭހަކަމާއެކު ލިބޭނެ ގޮތާއި ހިލޭ ބޭސްފަރުވާގެ ޚިދުމަތްތަކާއި ދީނީ އިރުޝާދު ދިނުންފަދަ ޙައްޖާޖީންނަށް ބޭނުންވާ އެންމެހައި ކަމެއް އިންތިޒާމު ކުރެވިފައިވާކަން ޝައިޚުގެ ޕޯސްޓުގައި ފާހަގަކުރައްވައިފައި ވެއެވެ.
''އެކަމަށްޓަކައި ސަޢޫދީ ރަސްގެފާނަށާއި، ވަލިއްޔުލްޢަހުދަށާއި އަދި އެތާގެ ރައްޔިތުންނަށް ފަށްފަށުން ޝުކުރު ދަންނަވަމެވެ. އަދި މާތް ﷲ އެބޭފުޅުންގެ މަސައްކަތުގައި ބަރަކާތް ލައްވައި ހެޔޮ ޖަޒާ ދެއްވާށި! މި މަތިވެރި އަޅުކަން އަމާން އޮމާން ކަންމަތީ އަދާކުރުމުގެ ހެޔޮ ތައުފީޤު މިންވަރު ކުރައްވާށި! އާމީން'' ޝައިޚުގެ ޕޯސްޓުގައި ވެއެވެ.
މި ފަހަރު ރާއްޖެއަށް ލިބުނީ 1000 ކޯޓާއެވެ. ރާއްޖެއިން ހައްޖަށް ދިޔަ މީހުންގެ ތެރޭގައި ސަރުކާރުގެ ހިލޭ އެހީގައި ހައްޖަށް ދިޔަ 50 މީހުން ހިމެނެއެވެ.
މިއަހަރު އަމީރުލްޙައްޖުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވައިފައިވަނީ އެޑިއުކޭޝަން މިނިސްޓަރު އިސްމާޢީލް ޝަފީޢުއެވެ. ހައްޖުގެ އަޅުކަން އަދާކުރެއްވުމަށާއި ހައްޖާޖީންގެ ކަންކަން ގާތުން ބެއްލެވުމަށް އިސްލާމިކް މިނިސްޓަރު ޑރ.މުޙައްމަދު ޝަހީމް ވެސް ވަނީ ސަޢޫދީއަށް ވަޑައިގެންފައެވެ.
މި ލިއުމާއި ގުޅޭ