Tuesday 22nd Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ހައި ކޯޓު

އިސްތިއުނާފު ނިމެންދެން މަފާޒް ބަންދުކުރަން ހައިކޯޓުން އަމުރުކޮށްފި

މާލޭ ކެފޭއެއް ތެރޭގައި ތޫނު އެއްޗަކުން ހަމަލާދީ ހއ. ތަކަންދޫ އިބްރާހީމީ ހިޔާ، ނަދީމް އަބްދުއްރަހީމް މަރާލި މައްސަލައިގައި ދަޢުވާކޮށްފައިވާ މުހައްމަދު މަފާޒު ހުސައިން ސަލީމް, ހައިކޯޓުގެ އިސްތިއުނާފީ މަރުހަލާ ނިމެންދެން އެކޯޓުން އަމުރުކޮށްފިއެވެ.

ކްރިމިނަލްކޯޓުން މަފާޒުގެ މައްޗަށް ގަސްތުގައިމީހަކު މެރުމުގެ ދަޢުވާ ސާބިތުނުވީކަމުގައިވިޔަސް އޭނާ ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވަނީ އޭނާއަކީ މުޖުތަމައުއަށް ނުރައްކާ އޮތް މީހެއްކަމަށް ކޯޓަށް ފެންނާތީއެވެ.

މި އަހަރުގެ މާރިޗް މަހުގައި ކްރިމިނަލް ކޯޓުން ވަނީ މަފާޒު ދޫކޮށްލާފައެވެ. ކްރިމިނަލް ކޯޓުން މަފާޒު ދޫކޮށްލީ އެކޯޓުގައި ހުރި މައްސަލަތައް ސާބިތުވިނަމަވެސް ހުކުމަށް އަންނާނެ މުއްދަތަށްވުރެ ގިނަ ދުވަހު ބަންދުގައި ބަހައްޓަންޖެހޭނެތީ ކަމުގައި އެކޯޓުން ނިންމި ނިންމުމުގައި ބުނެފައިވެއެވެ.

މަފާޒުގެ މައްޗަށް ކޮށްފައިވާ މަރުގެ މައްސަލަ ސާބިތުނުވާކަމަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ 2022 ވަނަ އަހަރުގެ ނޮވެމްބަރުމަހުއެވެ.

މި ލިއުމާއި ގުޅޭ